Advertisement

ޔޫރަޕް ގައުމުތަކުގެ މިޝަންއެއް އަފްގާނިސްތާނުގައި ހުޅުވަން ވިސްނަނީ

5 ޑިސެންބަރު 2021 - 05:49 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔޫރަޕުގެ މިޝަންއެއް އަފްގާނިސްތާނުގައި ހުޅުވަން ވިސްނަމުންދާކަން އިއުލާނު ކުރެއްވީ ފްރާންސްގެ ރައީސް ގަތަރަށް ކުރައްވަމުންދާ ދަތުރެއްގައި. -- ފޮޓޯ: އޭއެފްޕީ


ޔޫރަޕް ގައުމުތަކުގެ މިޝަންއެއް އަފްގާނިސްތާނުގައި ހުޅުވަން ވިސްނަނީ

5 ޑިސެންބަރު 2021 - 05:49 0

ޔޫރަޕް ގައުމުތަކުގެ ގުޅިފައިވާ މިޝަންއެއް އަފްގާނިސްތާނުގައި ހުޅުވުމަށް ވިސްނަމުންދާ ކަމަށް ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން ވިދާޅުވެއްޖެ އެވެ.

މެކްރޯން ވިދާޅުވީ އެކަން ކުރުމުގެ ކުރިން ސެކިއުރިޓީ އާއި އެހެން ބައެއް މައްސަލަތައް ހައްލު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް މިޝަންއެއް ހުޅުވައި، ސަފީރުންނަށް އަފްގާނިސްތާނަށް ދިޔުމުގެ މަގުފަހިވުމުގެ އުއްމީދު ބޮޑު ކަމަށް ވިދާޅުވި އެވެ.

ޔޫރަޕްގެ މިޝަންއެއް އަފްގާނިސްތާނުގައި ހުޅުވުމަކީ ތާލިބާނުންގެ ސަރުކާރު ބަލައިގަންނަކަމުގެ ހެއްކެއް ނޫން ކަމަށް މެކްރޯން ފާހަގަކުރެއްވި އެވެ.

ގިނަ ގައުމުތަކުން އަފްގާނިސްތާނުގެ އެމްބަސީތައް ބަންދުކޮށް، ސަފީރުންނާއި މުވައްޒަފުން އަނބުރާ ގައުމުތަކަށް ގެންދިޔައީ މިދިޔަ އޯގަސްޓު މަހު އަފްގާނިސްތާނުގެ ގާނޫނީ ސަރުކާރު ވައްޓާލައި، ތާލިބާނުން ވެރިކަމަށް އައުމުންނެވެ.

ތާލިބާން ސަރުކާރުގެ ބައެއް މިނިސްޓަރުންނާ ދެކޮޅަށް އެމެރިކާ އާއި އދ. އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވެ އެވެ.