Advertisement

ނަބާ އާއި ނަބީގެ ޕެއާ ބަންގްލަދޭޝް ޗެލެންޖް މުބާރާތުގެ ސެމީ އަށް

4 ޑިސެންބަރު 2021 - 09:25 0


ނަބާ އާއި ނަބީގެ ޕެއާ ބަންގްލަދޭޝް ޗެލެންޖް މުބާރާތުގެ ސެމީ އަށް

4 ޑިސެންބަރު 2021 - 09:25 0

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ސެމީ ފައިނަލުން ރާއްޖޭގެ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ)ގެ ޕެއާ ފުރުސަތު ހޯދައިފި އެވެ.

މިއީ ރާއްޖޭގެ ބެޑްމިންޓަން ތާރީހުގައި އިންޓަނޭޝަނަލް ޗެލެންޖް ލެވަލް މުބާރާތެއްގެ ސެމީ ފައިނަލުން ދިވެހި ކުޅުންތެރިން ފުރުސަތު ހޯދި ފުރަތަމަ ފަަހަރެވެ. މީގެ ކުރިން ދިވެހި ކުޅުންތެރިން އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަކޮށްފައި ހުރީ ފިއުޗާ ސީރީސް ފަދަ މުބާރާތްތަކުގަ އެވެ. ޗެލެންޖް މުބާރާތްތަކަކީ ސީރީސް މުބާރާްތްތަކަށް ވުރެ ލެވަލް މަތި މުބާރާތްތަކެކެވެ.

ނަބީ އާއި ނަބާގެ ޕެއާ މިއަދު ހެނދުނު ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ނުކުތީ ބަންގްލަދޭޝްގެ ފާތިމާ ބޭގަމް އާއި ބްރިސްޓީ ކަތުންގެ ޕެއާއާ ދެކޮޅަށެވެ. ނަބީ އާއި ނަބާގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ސެޓުތައް ގެންދިޔައީ 21-15 އާއި 21-17 އިންނެވެ.

މިއަދު ހަވީރު ކުޅޭ ސެމީ ފައިނަލުގައި ނަބީ އާއި ނަބާގެ ޕެއާ ވާދަކުރަން ޖެހޭނީ ކުއާޓާގައި އިންޑިއާގެ މެހްރީން ރިޒާ އާއި އަރާތީ ސާރާ ސުނިލްގެ ޕެއާ އާއި ބަންގްލަދޭޝްގެ ރަސްމާ އަކްރަތު އާއި އުރްމީ އަކްރަތު ކުޅެގެން މޮޅުވާ ޕެއާ އަކާ އެވެ.

އަންހެން ޑަބަލްސްގެ ސެމީގެ ޖާގަ ލިބުމާ އެކު ނަބާ އާއި ނަބީ އަށް ވަނީ އަންހެން ޑަބަލްސް ބައިން މެޑަލެއް ޔަގީންވެފަ އެވެ. ނަބީ އާއި ނަބާ ވަނީ މީގެ ކުރިން އަންހެން ޑަބަލްސް އިން ރާއްޖެ އަށް ބައިނަލްއަގުވާމީ ނުވަ މެޑަލް ހޯދައިދީފަ އެވެ. އެއީ ރަން މެޑަލަކާއި ހަތަރު ރިހި މެޑަލް އަދި ހަތަރު ލޯ މެޑަލް އެވެ.

ބަންގްލަދޭޝް ޗެލެންޖަށް ފަހު ނަބާ އާއި ނަބީ ދެން ކުރިމަތިލާނެ މުބާރާތަކީ ސްޕެއިނުގައި މި މަހު 12-19 އަށް ކުރިއަށްދާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގަ އެވެ. ނަބާ އާއި ނަބީ ވަނީ ދުނިޔޭގެ މުބާރާތުގެ އަންހެން ޑަބަލްސް އަށް ކޮލިފައިވެފަ އެވެ. މިއީ ބެޑްމިންޓަން ދުނިޔޭގެ މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނެ ފުރަތަަމަ ފަހަރެވެ.

ބަންގްލަދޭޝް ޗެލެންޖްގެ މިކްސް ޑަބަލްސްގެ ކުއާޓާ ފައިނަލުގައި މިއަދު ރާއްޖޭގެ ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ ވާދަކުރާނެ އެވެ. ޒަޔާން އާއި ނަބާގެ ޕެއާ ބައްދަލުކުރާނީ އިންޑިއާގެ ނަޒީރު ހާން އާއި ނިލާ ވަލުވަންގެ ޕެއާއާ އެވެ.