Advertisement

އަހިވައް ތަފާތުކޮށް: މި އޮތީ ސޫޕު ކައްކާނެ ގޮތް

4 ޑިސެންބަރު 2021 - 08:11 0


އަހިވައް ތަފާތުކޮށް: މި އޮތީ ސޫޕު ކައްކާނެ ގޮތް

4 ޑިސެންބަރު 2021 - 08:11 0

ސިއްހީ ފައިދާތައް ގިނަކަމުންނާއި ރަހަ މީރުކަމުން، ދުވާ 'ބާރުގަދަ' ވަހަށް ބެލުމެއް ނެތި ޖޫހަށް ގިރައިގެންނާއި މޮޑެގެން އަހިވަށް ބޭނުންކޮށް އުޅެ އެވެ. އެކަމަކު އިހަށް ދުވަހު ސޫޕް އާއި ސޫޕް ގެ ފައިދާތައް އެނގި، އޭގެ ރަހަ މީރުވި ދިވެހިން އަހިވަކުގައި ސޫޕު ހަދައެއް ނޫޅެ އެވެ. މި އާޓިކަލްގައި މި ރެސިޕީ އެއް ލިޔަމުން ދާއިރު، މި ސޫޕެއް ހަދާކަން އެނގުނުތާ ވެސް އަދި ގަޑި އިރެއް ނުވެ އެވެ. މިއީ ތަފާތު ކެއުންތައް ތައްޔާރުކުރާ ވީޑިއޯ ހަދައި އާންމުކުރާ ތައިލެންޑުގެ ފޭސްބުކް ޕޭޖެއް ކަމަށްވާ "ނެޗުރަލް ޓީވީ" ނަމަކަށް ކިޔާ ޕޭޖުން ނަގާފައިވާ "ނޯނީ ފުރުޓް ޑްރިންކިން އެންޑް ސޫޕް" ރެސިޕީ އެކެވެ.

ބޭނުންވާ ތަކެތި

- ދޮން ނޫން އަހިވަށް

- ލޮނުމެދު

- ކުކުޅު

- ކެރެޓު

- އަލުވި

- އަލަ

- ކޮރިއެންޑާ

- ރާނބާ ފަތް

- ހަކުރު

- ޗިކަން ޕައުޑާ

- އިނގުރު

ބިނދެގެން ގެނައި އަހިވައްތައް ރީތިކޮށް ދޮވެލުމަށްފަހު ތަންކޮޅެއް ބޯ ފޮތި ފޮއްޗަށް ވާގޮތަށް ހުރިހާ އަހިވަކެއް ކޮށުމަށްފަހު އެއްބައި ފިހެލާނީ އެވެ. އަނެއްބައި ބަހައްޓާނީ ނުފިހެ ރޮލާ އެވެ. ފިހަން ބެހެއްޓި އަހިވައްތައް ފިހަން ލުމުގެ ކުރިން ސޫފު ކެއްކުމަށް ތެއްޔަކަށް ފެން ހޫނުކުރާށެވެ.

ސްޓެޕް 1 (ސޫޕު ކެއްކުން)

ބޭނުންވާ ވަރުގެ ތަންކޮޅުތަކަށް ކުކުޅު ކޮށައި، ލޮނުމެދު ކޮށާލުމަށްފަހު ކެކި ކެކި ހުރި ފެން އެތީގެ ތެރެއަށް އަޅާށެވެ. ދެން ސޫޕް އަށް ބޭނުންވާ އެހެން ބާވަތްތައް ކޮށާނީ އެވެ. ކޮށާނީ، ކެރެޓާއި އަލުތްވާއި އަލަ އާއި ކޮރިއެންޑާ އެވެ. ހުރިހާ އެއްޗެއް ކޮށައި ނިމުމުން ކުކުޅާއެކު ކެކި ކެކި ހުރި ތެލީގެ ތެރެއަށް، ނުފިހެ ބަހައްޓާފައި ހުރި ކޮށި އަހިވައް ތަކާއި އެހެން ބާވަތްތައް އެއްކޮށް އަޅައި، ރަހަލާ ވަރަށް ކުޑަ ހަކުރު ކޮޅަކާއި، ޗިކެން ޕައުޑާ އަދި ފިޝް ސޯސް އަޅާނީ އެވެ. އެއަށް ފަހު މަތި ޖަހާފައި ކައްކާނީ އެވެ. ހުރިހާ ބާވަތެއް މަޑުވުމުން އިތުރު ކޮރިއެންޑާ ކޮޅަކާއި އިނގުރުކޮޅެއް ލާފައި އިރުކޮޅަކު އަނެއްކާ ވެސް ކެއްކުމަށްފަހު ރަހަ ހެޔޮވަރުކޮށްލާށެވެ. އޭރުން ސޫޕް ތައްޔާރުކުރެވުނީ އެވެ.

ސްޓެޕް 2 (އަހިވައް ކަނދި ޖުވަތަ ޖޫސް)

ވަކި ތެއްޔަކަށް ފެން ހޫނުކުރާށެވެ. ފިހުނު އަހިވަކާއި ރާނބާ ފަތް، ފެން އެތި ކެކެން ފެށުމުން އޭގެ ތެރެއަށް އަޅާފައި ކަނދި ކައްކާއިރު ފޮނިރަހަ ލައްވަން ހަކުރު އަޅާގޮތަށް ހެޔޮވަރު ވަރަކަށް ހަކުރު އަޅާފައި އިރުކޮޅަކު ކައްކާނީ އެވެ. ކައްކައި ނިމުމުން ރާނބާ ފަތާއެކު އަހިވައްތައް ތެލިން ނަގައި ތައްޓަކަށް ލާފައި، ތެލީގައި ހުރި ފެން ފުރާނާލުމަށްފަހު ޖަގަކަށް އަޅާށެވެ.

ސޫޕު ބޯނީ ކެއްކި ކަނދި (ޖޫސް) އާ އެކީގަ އެވެ.

މިއީ ތައިލެންޑުގައި މި ސޫޕެއް ކައްކައި އުޅޭ ގޮތެވެ. ރެސިޕީ އަކީ އަބަދުވެސް އެމީހަކު ގަޔާވާ ރަހަ ހިމަނައިގެން ބަދަލުކުރެވޭމނެ އެއްޗެކެވެ. މިއަށް ދިވެހި 'ޓުވިސްޓެއް' ވެސް ހަމަ ގެންނަންވީ އެވެ.