Advertisement

2023ގެ ރިޔާސީ އިންތިހާބުގެ ވާހަކަ އަށް އަދި އަޅުގަނޑު ތައްޔާރެއް ނޫން: ޔާމީން

4 ޑިސެންބަރު 2021 - 01:05 5

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ޕްރޮގްރެސިވް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ. -- ފޮޓޯ: އާއިމް ޒަމީރު / އަދަދު


2023ގެ ރިޔާސީ އިންތިހާބުގެ ވާހަކަ އަށް އަދި އަޅުގަނޑު ތައްޔާރެއް ނޫން: ޔާމީން

4 ޑިސެންބަރު 2021 - 01:05 5

ދެހާސް ތޭވީހުގެ ރިޔާސީ އިންތިހާބަށް އެ މަނިކުފާނު އަދި ހުންނެވީ ތައްޔާރުވެ ވަޑައިގެން ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ރައްޔިތުން އަދިވެސް އެ މަނިކުފާނަށް ވަރަށް ބޮޑު އިތުބާރެއް ކުރައްވާ ކަމަށާއި އެދެމުން ދަނީ ހާދަ ބޮޑު ޒިންމާއެއް އަދާކުރެއްވުމަށް ކަން ގަބޫލުކުރެއްވޭ ކަމަށެވެ.

"ރަސްމީ އިހުތިފާލެއްގައި ނުކުރައްވާ ވަރަށް ތިޔަ ބޭފުޅުން އަޅުގަނޑަށް ރިޔާސީ ޓިކެޓް ވެސް ކަށަވަރުކޮށް ދެއްވީ ނޫންތޯ؟ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުގެ ރައްޔިތުންނަކަށް އަޅުގަނޑު ނޫނެކޭ ނުދަންނަވާނަމޭ،" ވޭތުވެދިޔަ ދެ އަހަރު ޔާމީން ވެވަޑައިގެންނެވި ގުރުބާނީގެ އަގު އަދާކުރާނީ 2023 ގެ އިންތިހާބުގެ ވޯޓުން ކަމަށް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވި ވާހަކަ އަށް އިޝާރާތް ކުރައްވައި އެ މަނިކުފާނު ވިދާޅުވި އެވެ.

އެހެން ނަމަވެސް އަދިއެއް، އެހެން ނަމަވެސް އަދިއެއް އަޅުގަނޑު ތައްޔާރަށް ހުރި ވާހަކައެއް ނޫން މިއައީކީ."

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ޖަލްސާގައި، ރައީސް ޔާމީން 2023 ލިޔެފައިވާ ބޯޑެއް ދައްކާލަނީ. --ފޮޓޯ: އާއިމް ޒަމީރު/އަދަދު


ފަސް އަހަރުގެ ޖަލު ހުކުމާއި އެ ހުކުމުގެ ސަބަބުން އާއިލާ ބަރުދާސްތުކުރި ހިތްދަތިކަމުގެ ވާހަކަ އަށް އެ މަނިކުފާނު އިޝާރާތް ކުރެއްވި އެވެ. އަދި ކުރިން ހުރި ހިތްވަރާއި ޝައުގުވެރިކަން ހިފެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭކަން ވެސް ފާހަގަ ކުރެއްވި އެވެ.

"ތި ކުރައްވާ އިތުބާރާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ 2013 ގައި އަޅުގަނޑު ވެރިކަމަށް ކުރިމަތިލިއިރު، އަޅުގަނޑުގެ ވަރަށް ހިތްވަރާއި ވަރަށް އަޒުމާއި ކުރިއަށް ދިއުމުގެ ރޫހު އަޅުގަނޑުގެ ހުރި. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރައީސްކަން ކުރުމަކީ މިހާ އަނިޔާވެރިވާންޖެހޭނެ ކަމެއް ކަމަކަށް،" އެ މަނިކުފާނަށް ކުރި ހުކުމަށް އިޝާރާތްކުރައްވައި ވިދާޅުވި އެވެ.

އެހެންވީމަ ގަބޫލުކުރައްވާ އަޅުގަނޑަކީ ވެސް ހަމަ އިންސާނެއް. އެހެންވީމަ އެ ޝައުގުވެރިކަން އެގޮތަށް ދަމަހައްޓަން ކިހާވަރެއްގެ މަސައްކަތްތަކެއްތޯ ކުރާނީ،"

ޖަލު ހުކުމުގައި ހޭދަކުރެއްވި ދެ އަހަރަށް ވުރެ ގިނަ ދުވަހު އެ މަނިކުފާނުގެ އަނބިކަނބަލުންނާއި އާއިލާ ވަރަށް ބޮޑު ހިތްދަތިކަމެއް ތަޖުރިބާކުރެއްވިއިރު، އަލުން ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމަށް އާއިލާ އޮތީ ތައްޔާރުތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑުގެ އާއިލާ ތައްޔާރުތޯ އަލުން އަނެއްކާ ވެސް މި ގައުމީ ޒިންމާ އަށް ނުކުންނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރިކަމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމަކުން އެމަނިކުފާނު މިނިވަންވެވަޑައިގަތީ އެކަށީގެންވާ މިންވަރަށް އެ ކުށް ސާބިތުނުވާކަމަށް ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ.

މިހާރު ވެސް ކުރިމިނަލް ކޯޓުގައި ޔާމީންގެ ދެ މައްސަލައެއް އެބަ އޮތެވެ. އެއީ ރ. ފުއްގިރި އާއި ވ. އާރަށު މައްސަލާގައި އުފުލާފައިވާ މަނީލޯންޑްރިން އާއި ރިޝްވަތުގެ ދައުވާއާ ގުޅޭ މައްސަލަ އެވެ.