Advertisement

13 އަހަރުގެ ކުއްޖާ މަރާލިކަމަށް ތުހުމަތުވާ ދެ މީހުންގެ ބަންދުވެސް ދަމަހައްޓައިފި

2 ޑިސެންބަރު 2021 - 13:04 3

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ކުއްޖާ މަރާލި މައްސަލާގައި ދައުވާ ލިބޭ ޒިހާން: ޝަރީއަތް ގެންދަނީ ސިއްރުކޮށްގެން


13 އަހަރުގެ ކުއްޖާ މަރާލިކަމަށް ތުހުމަތުވާ ދެ މީހުންގެ ބަންދުވެސް ދަމަހައްޓައިފި

2 ޑިސެންބަރު 2021 - 13:04 3

ރަހީނުކޮށް 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ދައުވާކުރި ދެ މީހުންގެ ބަންދު ދަމަހައްޓައިފި އެވެ.

އެ މައްސަލާގައި ދައުވާ ކޮށްފައިވާ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން، 27، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، ހާލަތު ބަދަލުނުވާ ކަމަށް ކަނޑައަޅާ، އޭނާގެ ބަންދުން ދޫނުކުރަން އިއްޔެ ކުރިމިނަލް ކޯޓުން ނިންމި އެވެ.

މައްސަލާގައި ދެން ދައުވާކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ ބަންދު ވެސް މިއަދު ޖުވެނައިލް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.

ޕްރޮސިކިއުޓާ ޖަނަރަލްގެ އޮފީހުން ބުނި ގޮތުގައި އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ޒިހާންއަށް ކުރާ ދައުވާތައް އިއްވާފައިވެ އެވެ. އަދި އޭނާގެ މައްޗަށް ކުރާ ދައުވާތައް ސާފުވާ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

ދެން އެ އަޑުއެހުމުގައި ކުރިއަށް ދިޔައީ ހެކި ރައްކާތެރިކުރުމާއި ގުޅޭ ބައެއްކަން ޕީޖީން ފާހަގަކުރި އެވެ. އެ ބަޔާ ގުޅޭ ގޮތުން ގޮތެއް ނިންމުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނެ ކަމަށް ވެސް ބުންޏެވެ.

ޖުވައިނަލް ކޯޓުގައި ކުރިއަށް ދިޔައީ އަޑުއެހުމާ ގުޅޭ ގޮތުން ޕީޖީން ބުނީ އެ އަޑުއެހުމުގައި އެ ކުއްޖާ އެނބުރި ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް ބަންދު ކުރުމަށް އެދުނު ކަމަށެވެ. އެހެން ނަމަވެސް ކުޑަކުދިން ބައިތިއްބާ ޖަލުތަކުގެ ހާލަތު ގޯސްކަމަށް އެޗްއާރުސީއެމުން ކަނޑައަޅާފައި ވާތީ، އެ ކުއްޖާ ގޭބަންދުގައި ބަހައްޓަން ކޮށްފައިވާ އަމުރު ދެމެހެއްޓި ކަމަށް އެ އޮފީހުން ބުންޏެވެ.

އެ ކުއްޖާއަށް މިދިޔަ ނޮވެމްބަރު މަހު 18 އަހަރު ފުރިފައި ވީނަމަވެސް، ޕީޖީން ބުނީ މި ކުށަށް އޭނާ އަރައިގަނެފައި ވަނީ ކުޑަކުއްޖެގެ ގޮތުގައި ހުރެ ކަމަށްވުމުން، ދައުވާ ކުރާނީވެސް ކުޑަކުއްޖެއްގެ ގޮތުގައި ކަމަށެވެ. އަދި އޭނާގެ މައްޗަށް މި މައްސަލާގައި ޝަރީއަތް ކުރާއިރު، ކުޑަކުދިންނަށް ލިބޭ ހައްގުތައް ލިބޭނެ ކަމަށެވެ.

ޒިހާންގެ މައްޗަށް އުފުލި ދައުވާތައް

- ގަސްތުގައި މީހަކު މެރުން

- ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ފަސް ދައުވާ

- މަސްތުވާތަކެތި ދީގެން ޖިންސީ އަމަލު ހިންގަން އުޅުން

- ގްރޫމްކުރުން

- މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުން

- ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން

- ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރުން

- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރު ދައުވާތަކެއް.

މި ދައުވާތައް ސާބިތުވެއްޖެނަމަ، ޒިހާންގެ މައްޗަށް ގާތްގަނޑަކަށް 100 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކުޑަކުއްޖާގެ މައްޗަށް އުފުލި ދައުވާ

- ގަސްތުގައި މީހަކު މެރުން

- ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން

- މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުން.

ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އިބްރާހިމް ޒިހާންއަކީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލައި، ހުކުމެއް ކުރެވެންދެން ގޭބަންދު އަމުރެއް އޮތް މީހެކެވެ. އެ ނޫނަސް އޭނާއަކީ ނުރައްކާތެރި ކުށްތަކެއްގެ ރެކޯޑު އޮންނަ މީހެއްކަން ރަސްމީ ލިއުންތަކުން އެނގެ އެވެ.

ކުޑަކުއްޖާގެ މަރާ ގުޅިގެން ޒިހާން ހައްޔަރުކުރީ މާލޭގެ ގެސްޓްހައުސްއަކުންނެވެ.