Advertisement

ލޭންޑްޔޫސް ޕްލޭނުން 60 އާއިލާއަކަށް ވިލިމާލެއިން އިޖުތިމާއީ ބޯހިޔާވަހިކަން

2 ޑިސެންބަރު 2021 - 10:31 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

މާލެ ސިޓީގެ އަވަށެއްކަމުގައިވާ ވިލިމާލެ. ވިލިމާލެއާ ބްރިޖު ގުޅާލަން ހަމަޖެހިފައިވަީ އެ ރަށުގެ ހުޅަނގު ފަރާތުން-- ފޮޓޯ: ފޭސްބުކް/ވިލިމާލެ


ލޭންޑްޔޫސް ޕްލޭނުން 60 އާއިލާއަކަށް ވިލިމާލެއިން އިޖުތިމާއީ ބޯހިޔާވަހިކަން

2 ޑިސެންބަރު 2021 - 10:31 0

މާލެ ސަރަހައްދަށް ސިޓީ ކައުންސިލުން ތައްޔާރުކޮށްފައިވާ ލޭންޑްޔޫސް ޕްލޭނުގައި ވިލިމާލޭގައި 60 އާއިލާއަށް އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދޭނިނުމަށްޓަކައި އިމާރާތްކުރާނެ ބިން ކަނޑައަޅައިފި އެވެ.

ސިޓީ ކައުންސިލުން މިދިޔަ ހަފްތާގެ ތެރޭގައި އާންމުކުރި އެ ލޭންޑްޔޫސް ޕްލޭނުގައިވާ ގޮތުން ވިލިމާލޭގައި ހިންގާ މަޝްރޫތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަން ހަމަޖެހިފައިވަނީ ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ހުންނަ މަސްޖިދު އަލް ބިއްރިގެ ފުރަގަހަށް އޮންނަ ބިމުގަ އެވެ.

އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫގެ އިތުރުން ވިލިމާލޭގައި އިރު އުތުރުން މަސް މާރުކޭޓެއް އަޅަން ވެސް ބިން ވަނީ ކަނޑައަޅާފަ އެވެ. އެ މަސްމާރުކޭޓުގައި މަސް ކަނޑާނޭ އަދި ގަނޑުކުރާނޭ ފެސިލިޓީ ގާއިމުކުރާނެ ކަމަށް ސިޓީ ކައުންސިލުގެ ލޭންޑްޔޫސް ޕްލޭނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ވެސް ވިލިމާލެ ބޯޅަ ދަނޑު ކައިރިން ކޮމިއުނިޓީ ސެންޓަރެއް އެޅުމަށް ބިން ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އެ ސެންޓަރުގައި އަންހެނުންނަށް ހާއްސަ ކޯޕަރޭޓީވް މާކެޓެއްގެ އިތުރުން ދަރިވަރުން ކިޔަވަން ވަކި ސަރަހައްދެއް ވެސް ކަނޑައަޅާފައިވެ އެވެ.

ވިލިމާލެ ލޭންޑްޔޫސް ޕްލޭން.


އަދި ވިލިމާލޭގެ މިހާރުގެ ބީޗު ސަރަހައްދު ވޯޓާ ސްޕޯޓްސް އޭރިއާއެއް ގޮތަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ވިލިމާލެއަށް އެންމެ ބޮޑު ބަދަލެއް އަންނާނެކަމަށް ލޭންޑްޔޫސް ޕްލޭނުން ދައްކަނީ ސަރުކާރުން ކުރިޔަށްގެންދަން ނިންމާފައިވާ މާލެ-ތިލަފުށި ބްރިޖުގެ މަސައްކަތާއެކު ބްރިޖާއި ވިލިމާލެއާ ގުޅޭ ސަރަހައްދަށެވެ. ބްރިޖު ވިލިމާލެއާ ގުޅޭނީ އެރަށުގެ ހުޅަނގު ފަރާތުންނެވެ.

އެގޮތުން ބްރިޖު ކައިރިން ދެ ސަރަހައްދެއްގައި ޕެޓްރޯލް ޝެޑު ގާއިމުކުރަން ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައިވާއިރު، އެ ދެ ސަރަހައްދުގައި ވެސް ޕާކިން އޭރިއާތަކެއް ހެދުމަށް ލޭންޑްޔޫސް ޕްލޭނުގައި ވަނީ ކަނޑައަޅާފަ އެވެ.

އެ ދެ ސަރަހައްދުގައި ގާއިމުކުރާ ޕެޓްރޯލް ޝެޑްތަކަކީ ބްރިޖުން ދަތުރުކުރާ ފަރާތްތަކަށް ހާއްސަކޮށް އަޅާ ޝެޑުތަކެކެވެ. ސަރުކާރުން ވަނީ ބްރިޖާއެކު ވިލިމާލެ އެތެރޭގައި ހުއްދަ ދީފައިވާއިންޖީނުލީ އުޅަނދު ފަހަ ފިޔަވައި އިތުރު އުޅަނދެއް މިހާރު ވެސް އޮންނަ ގޮތަށް ނުދުއްވޭނޭކަމަށް މީގެ ކުރިން ބުނެފަ އެވެ.