Advertisement

ބަންގްލަދޭޝް މުބާރާތުގެ ފިރިހެން ސިންގަލްސް މެޗުތަކުން ނާކާމިޔާބު

1 ޑިސެންބަރު 2021 - 21:15 0

ގައުމީ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން ޒަޔާން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ބަންގްލަދޭޝް މުބާރާތުގެ ފިރިހެން ސިންގަލްސް މެޗުތަކުން ނާކާމިޔާބު

1 ޑިސެންބަރު 2021 - 21:15 0

ބަންގްލަދޭޝްގައި މިއަދު ފެށި އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގައި ވާދަކުރި ރާއްޖޭގެ ކުޅުންތެރިން ބަލިވެއްޖެ އެވެ.

ފިރިހެން ސިންގަލްސްގައި ވާދަކުރީ ރިވައިވަލް ސްޕޯޓްސް ކްލަބްގެ ތިން ކުޅުންތެރިންނެވެ. އެއީ ކޮލިފައިން ބުރުގައި ވާދަކުރިރިޝްވާން ޝިޔާމް އާއި ހައިޝަމް އިބްރާހިމް އަލީގެ އިތުރުން މެއިން ޑްރޯ، ފިރިހެން ސިންގަލްސް އިވެންޓްގައި ކުޅުނު ޒަޔާން ޒަކީ އެވެ.

އުމުރުން 17 އަހަރުގެ ހައިޝަމް ބަލިވީ އިންޑިއާގެ ވާޝޫ ފްރާޝްވާލާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ވާޝޫ ގެންދިޔައީ 21-08 އާއި 21-10 އިންނެވެ. ހައިޝަމް އަށް މި މުބާރާތް ނިމުނު ކަމުގައި ވިޔަސް ޗެލެންޖް މުބާރާތަށް ފަހު ބަންގްލަދޭޝްގައި ކުރިއަށްދާ ޖޫނިއާ ސީރީސްގައި ވެސް ވާދަކުރާނެ އެވެ.

ރިޝްވާން ކުޅުނު މެޗުގައި ނުކުތީ އިންޑިއާގެ ޓުކުމް ލާއާ ދެކޮޅަށެވެ. މި މެޗުގެ ދެ ސެޓު ވެސް ގެންދިޔައީ ޓުކުމް އެވެ. ބާވީސް މިނިޓް ކުޅުނު މި މެޗުގެ ސެޓުތައް ޓުކުމް ގެންދިޔައީ 21-11 އާއި 21-13 އިންނެވެ.

މެއިންޑްރޯގައި ޒަޔާން ކުޅުނު މެޗުގައި ނުކުތީ އިންޑިއާގެ އަރުނޭޝް ހަރީއާ ދެކޮޅަށެވެ. މި މެޗުގެ ފުރަތަމަ ސެޓު ވަރަށް ވާދަވެރިިކޮށް ގޮސް 17-17 އިން އެއްވަރު ވެސް ވި އެވެ. އެކަމަކު، ފަހު ކޮޅުގައި ތަފާތު ދައްކައި އަރުނޭޝް ސެޓު ގެންދިޔައީ 21-17 އިންނެެވެ. ފުރަތަމަ ސެޓުގައި ލިބުނު ކޮންފިޑެންސާ އެކު އަރުނޭޝް ވަނީ ދެ ވަނަ ސެޓު 21-09 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ.

މުބާރާތުގެ އަންހެން ސިންގަލްސްގައި ވާދަކުރަނީ ގައުމީ ޓީމުގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ އެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ މިކްސް ޑަބަލްސްގައި ވާދަކުރާނެ އެވެ. ނަބާހާ އާއި ނަބީހާ ސިންގަލްސްގައި ވާދަކުރުމުގެ އިތުރުން އަންހެން ޑަބަލްސްގައި ވެސް ވާދަކުރާނެ އެވެ. ޑަބަލްސް ބައިތަކަކީ ރާއްޖޭން މަސައްކަތް ކޮށްފިނަމަ މި މުބާރާތުގައި މެޑަލަކާ ހަމައަށް ދެވޭނެ އިވެންޓްތަކެކެވެ.

ސިންގަލްސް ބައިގައި ރާއްޖެ އަށް އުނދަގޫވެފައި މިވަނީ ކޮވިޑް-19ގެ މި ބްރޭކްގެ ސަބަބުން މިދިޔަ ދޮޅު އަަހަރެއްހާ ދުވަހު ގިނަ ޕްރެކްޓިސްތަކެއް ގެއްލި އަލުން ބެޑްމިންޓަން ފެށި ފަހުން ބައިނަލްއަގުވާމީ މުބާރާތުގެ ފުރުސަތު މަދުވުމެވެ.