Advertisement

މިފްކޯގެ ވަޒީފާތަކަށް 22 ޒުވާނަކު ތަމްރީނު ކުރަނީ

2 ޑިސެންބަރު 2021 - 06:49 0

އަމަން ހަލީމް

އަމަން ހަލީމް

ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ އެމްއޯޔޫގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ޕްރޮގްރާމުގައި ސަރުކާރުގެ ގިނަ ކުންފުނިތަކާއި އިދާރާތަކުން ބައިވެރިވޭ. -- ފޮޓޯ: ޔޫތް މިނިސްޓްރީ


މިފްކޯގެ ވަޒީފާތަކަށް 22 ޒުވާނަކު ތަމްރީނު ކުރަނީ

2 ޑިސެންބަރު 2021 - 06:49 0

ވަޒީފާތަކަށް ބޭނުންވާ ހުނަރު އުނގަންނައިދީގެން މީހުން ބިނާކުރަން ސަރުކާރުން ހިންގާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި މިފްކޯއިން ބައިވެރިވެއްޖެ އެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން މިފްކޯއިން ވަނީ އެ ކުންފުނީގެ ވަޒީފާތަކަށް ބޭނުންވާ ދާއިރާތަކުން 22 ޒުވާނަކު ތަމްރީނުދޭން ނިންމާފަ އެވެ.

މި ޕްރޮގްރާމު ފެށުމުގެ ގޮތުން މިފްކޯއިން, ޔޫތު މިނިސްޓްރީއާއެކު އެމްއޯޔޫއެއްގައި އަންގާރަ ދުވަހު ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ، ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ އެވެ. ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ.

މިފްކޯއިން މީހުން ތަމްރީނު ކުރަނީ ހަ ދާއިރާއަކުންނެވެ. އެ ދާއިރާތަކަކީ:

  • މެރިން މެކޭނިކް
  • ވެލްޑިން ޓެކްނިކްސް
  • އޮޓޮމޯޓިވް މެއިންޓެނަންސް
  • ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް
  • ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަނިން މެކޭނިކް
  • އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް

މިފްކޯއިން ބުނި ގޮތުގައި މި ދާއިރާތަކުން ތަމްރީން ހޯދާ މީހުންނަށް އެ ދާއިރާއަކުން ވަޒީފާ އަދާކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދަސްވާނެ އެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާ މީހުންނަށް ލިބެނީ ކޮލިފިކޭޝަން ލެވަލް 3 ގެ ސެޓްފިކެޓެކެވެ.

މީގެ އިތުރުން ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންނަށް ތަމްރީނު ކުރިއަށްދާ މުއްދަތުގެ ތެރޭގައި 3،000ރ. ގެ އެލަވަންސެއް ލިބޭނެ އެވެ. އަދި ޕްރޮގްރާމް ނިމުމުން މިފްކޯއިން ވަޒީފާގެ ފުރުސަތު ލިބޭނެ އެވެ.