Advertisement

ހުއްދަނެތި ގެއަކަށް ވަން މީހެއް ތިން މަހަށް ޖަލަށް

1 ޑިސެންބަރު 2021 - 15:31 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ހއ. ދިއްދޫ: ހުއްދަނެތި ގެއަކަށް ވަތް މީހެއް ތިންމަހަށް ޖަލަށް --


ހުއްދަނެތި ގެއަކަށް ވަން މީހެއް ތިން މަހަށް ޖަލަށް

1 ޑިސެންބަރު 2021 - 15:31 0

ހއ. ދިއްދޫ ދޮންފަތްބަގީޗާ ގެއަށް ހުއްދަނެތި ވަން މީހަކު ތިން މަސް ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެރަށު މާފޮޅޭގެ، އަލީ އިމްރާންގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ޖެނުއަރީ 21، 2018 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، ދޮންފަތްބަގީޗާ ގޭގެ ވެރިފަރާތުގެ ހުއްދަ ނުހޯދާ އެގެއަށް ވަދެފައިވުމުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އެވެ.

އެ ކަމަށް އޭނާ ޝަރީއަތުގެ އަޑުއެހުމުގައި އިއުތިރާފްވެފައި ވާތީ މި މައްސަލަ ބެއްލެވި ގާޒީ ސަފްއަތު ހަބީބު ވަނީ ތިން މަހާއި 18 ދުވަހުގެ ހުކުމެއް އޭނާގެ މައްޗަށް އިއްވާފަ އެވެ.

ހޯމަ ދުވަހު ނިންމި މި ގަޒިއްޔާގައި ވާ ގޮތުން ހުއްދަ ނޫން ތަނަކަށް ވަންނަ މީހާއަށް ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް އިމްރާންގެ މައްޗަށް އެއް މަސް ކުޑަކޮށް ހުކުމެއް އައިސްފައި ވަނީ ކުށަށް އޭނާ އިއުތިރާފްވުމުން ކަމަށްވެ އެވެ.