Advertisement

ދަރިން ނުލިބޭ މީހުންނަށް އަޅާލުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅެންޖެހޭ: ނަޝީދު

1 ޑިސެންބަރު 2021 - 11:06 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

ވިލިމާލޭގައި ބަޔަކު މަޑުކޮށްލައިގެން: ދަރިން ނުލިބޭ މީހުންނަށް އަޅާލުމުގެ ސިޔާސަތެއް އޮންނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި


ދަރިން ނުލިބޭ މީހުންނަށް އަޅާލުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅެންޖެހޭ: ނަޝީދު

1 ޑިސެންބަރު 2021 - 11:06 0

ދަރިން ނުލިބޭ މީހުންނާމެދު އަމަލު ކުރާނެ ވަކި ގޮތަކާމެދު ސިޔާސަތެއް އެކުލަވާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ދަރިން ނުލިބޭ މީހުން ގިނަވެ އެކަމަށް އެތައް ހަރަދުތަކެއް ކުރަންޖެހޭ ކަމުގެ ކަންބޮޑުވުމާއި ނުތަނަވަސްކަން ގިނަ ބަޔެއްގެ އޮވެ އެވެ. މީގެ ސީދާ ތަފާސްހިސާބުތައް ފެންނަން ނެތް ކަމުގައިވިޔަސް އިންޑިއާއިން ގިނަ ދިވެހިން މިކަމަށް ފަރުވާ ހޯދަ އެވެ.

މި ފަރުވާއަށް ބޮޑު ހަރަދެއް ކުރަން ޖެހޭއިރު މިއީ އާސަންދައިން ކަވާކުރެވޭ ހަރަދެއް ނޫނެވެ. އަދި މި ފަރުވާއާ ގުޅޭ ގޮތުން ސަރުކާރުގެ ވަކި ސިޔާސަތެއް ވެސް ނެތްއިރު, އެކަމުގެ ފަރުވާ ރާއްޖޭން ލިބޭނެ ގޮތެއް ވެސް ނެތެވެ.

މަޖިލީހުގެ ފަރާތުން ރޭ ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ނަޝީދަށް އަމާޒުވި މުހިންމު އެއް ސުވާލަކަށް ވެސްވީ މި ނުތަނަވަސްކަމާ ގުޅޭ ގޮތުންނެވެ.

"އިންފާޓިލިޓީއަކީ މައްސަލައެއް. ސަރުކާރުން މިފަދަ މީހުންނަށް އަޅާމުގައި ސިޔާސަތެއް އޮންނަން ޖެހޭނެކަމުގައި އަޅުގަނޑު ދެކެން," ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރުން މިހާތަނަށް އެކުލަވާލި މެނިފެސްޓޯތަކުގައި ދަރިން ނުލިބުމުގެ މައްސަލައާ ގުޅޭ ގޮތުން ވަކި ސިޔާސަތުތަކެއް ކަނޑައަޅާފައި ނެތެވެ. އެހެންނަމަވެސް, ކުރިއަށް އޮތް ދުވަސްތަކުގައި މިކަމާމެދު ގޮތެއް ކަނޑައެޅުން ވަރަށް މުހިންމުކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެއީ ނަފްސާނީ ވަރަށް ގިނަ އުނދަގޫތައް ކުރިމަތިވެގެންދާނެ ކަމެއް," ނަޝީދު ވިދާޅުވި އެވެ.

ދަރިން ނުލިބުމުގެ މައްސަލައަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ފާހަގަ ކޮށްފައިވާ ބޮޑު މައްސަލައެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދަރިން ނުލިބުން ނުވަތަ އިންފާޓިލިޓީގެ ބައްޔަކީ ދުނިޔޭގެ އާބާދީގެ ތެރެއިން 15 ޕަސެންޓް މީހުން ތަހަންމަލު ކުރަމުންދާ ބައްޔެކެވެ.

މި ބަލީގައި 186 މިލިއަނަށް ވުރެ ގިނަ މީހުން އުޅެމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މި ބަލީގެ ސަބަބުން ފައިސާގެ ގޮތުންނާއި ނަފްސާނީ ގޮތުން އެތައް ދަތިތަކަކާއި ކުރިމަތިލާން ޖެހެ އެވެ. ނަމަވެސް މި ބަލި ތަހަންމަލު ކުރަމުންދާ މީހުންނަށް ހާއްސަ ގޮތްތަކެއް ސަރުކާރު ތެރެއިން އަދި ހަމަޖެހިފައެއް ނުވެ އެވެ.