Advertisement

އަދީބާއި ޒިޔަތުގެ ހެކިބަސް ސުޕްރީމް ކޯޓުން ބަލައެއްނުގަތް

30 ނޮވެންބަރު 2021 - 13:51 2

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ކުރީގެ ނައިބު ރައީސް އަދީބު އަދި ޒިޔަތު: އަދީބުގެ ހެކި ބަލައިގަނެވޭނެ އިތުރު ގަރީނާ ކޯޓަށް ހުށައަޅާފައެއް ނުވޭ --


އަދީބާއި ޒިޔަތުގެ ހެކިބަސް ސުޕްރީމް ކޯޓުން ބަލައެއްނުގަތް

30 ނޮވެންބަރު 2021 - 13:51 2

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދިން ހެކިބަސް ދަށު ކޯޓުން ބަލައިގަތީ ރަނގަޅަށް ނޫން ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން މީގެކުރިން ކަނޑައަޅާފައިވާ ގޮތުގައި ފާސިގުންގެ ހެކިބަސް ބަލައިގަނެވޭނީ އެ ހެކިބަހާ ގުޅުވާލެވޭ އެހެން ހެކިތަކެއް ހުރި ނަމަ އެވެ. ކުރިމިނަލް ކޯޓުން ޔާމީންގެ މައްސަލާގައި އެ ދެ މީހުންގެ ހެކިބަސް ބަލައިގަތީ ވެސް އެގޮތަށް ބުނެ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިޔަށްދިޔަ ރައީސް ޔާމީންގެ ޝަރީއަތުގެ ހުކުމް އިއްވުމުގެ މަރުހަލާގައި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ ޔާމީނާ ދެކޮޅަށް ދަށު ކޯޓުގެ މަރުހަލާގައި ހުށަހެޅި ހެކިންގެ ތެރެއިން ޒިޔާތާއި އަދީބުގެ ހެކިބަހަށް ބާރުދޭ އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށެވެ.

"ދެ މަރުހަލާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުތަކުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން އަހުމަދު އަދީބު އަބްދުލް ގަފޫރާއި އަބްދުﷲ ޒިޔަތުގެ ހެކިބަހުން ފާހަގަކޮށްފައިވާ ކަންކަމަށް ބާރުލިބޭ ނުވަތަ ގުޅުވާލެވޭ ހެކިތަކެއް އަހަރުނެއްނަށް ފާހަގައެއް ނުކުރެވޭ،" ފަނޑިޔާރު މަހާޒް ވިދާޅުވި އެވެ.

އަދި އެ ދެމީހުންނަކީ ވެސް ޔާމީނާމެދު ރުޅިވެރިކަމެއް އޮތް ބައެއްކަމަށް ދިފާއުން ފާހަގަކުރި ނުކުތާއަށް ވާހަކަދައްކަވަމުން ފަނޑިޔާރު މަހާޒް ވަނީ އެ މައްސަލައިގައި އިތުރު ހެއްކެއް ނެތި އެ ދެމީހުންގެ ހެކިބަހަށް ބާރުދިނުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

"ކަންމިހެން އޮތް އިރު އަހުމަދު އަދީބު އަބްދުލް ގަފޫރާއި އަބްދުﷲ ޒިޔަތުގެ ހެކިބަހަކީ އެ ހެކިބަހަށް ބާރުލިބޭ އެހެން ހެއްކެއް ނުވަތަ ގަރީނާއެއް ނެތް ހާލަތުގައި އެ ހެކިބަހަށް ބުރަދަނެއް ދިނުން ރައްކާތެރި ހެކި ބަހެއްކަމުގައި އަހުރެން ނުދެކެން،" ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތުކުރެވޭ އަދީބުގެ ހެކިބަހަށް ބާރުދޭ އިތުރު ގަރީނާއެއް ފާހަގަކުރެވިފައިވާ ނުވާކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވި އެވެ.

"އަހުމަދު އަދީބް އަބްދުލްޣަފޫރާއި އަބްދުﷲ ޒިޔަތުގެ ހެކިބަހުގައި ޝައްކު އުފެދޭ އުފެދުމާމެދު މި މައްސަލައިގެ އެއްވެސް މަރުހަލާއެއްގައި ދެބަސްވުމެއް ނެތް. އަދި އެ ޝައްކު އުފެދޭ ހާލަތްތަކަށް ބަލާއިރުގަ ޝައްކު އުފެދޭނެކަމުގަ އަހުރެން ވެސް ދެކެން. ނަމަވެސް މި މައްސަލައިގައި އަހުމަދު އަދީބުގެ ހެކިބަހުގައި ފާހަގަކޮށްފަވާ ކަންކަން އެގޮތަށް ދަލާލަތުކޮށްދޭ އިތުރު އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ފާހަގަކޮށްފައެއް ނުވޭ،" ފަނޑިޔާރު މަހާޒް ވިދާޅުވި އެވެ.

އެހެންކަމުން އެ ދެމީހުންގެ ހެކިބަހަކީ ބަލައިގަތުން އެންމެ ރައްކާތެރި ހެކިބަހެއް ނޫންކަމަށް ފަނޑިޔާރު ކަނޑައެޅުއްވި ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލް ކުރެއްވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ކުށުގެ އަމަލަކުން ހޯދާފައިވާ ފައިސާކަން ހުށަހަޅާފައިވާ ހެކިތަކުން ސާބިތުނުވާތީ އެވެ.