Advertisement

މޯލްޑިވްސް މެރިން އެކްސްޕޯ 2021 އަންނަ މަހު: މި ފަހަރު ތަފާތުތަކެއް ފެނިގެންދާނެ!

25 ނޮވެންބަރު 2021 - 13:48 0

އަމަން ހަލީމް

އަމަން ހަލީމް

މޯލްޑިވްސް މެރިން އެކްސްޕޯ 2019ގެ ތެރެއިން: ކޮވިޑާ ހެދި މިދިޔަ އަހަރު އެކްސްޕޯ ކުރިޔަށް ގެންދިޔައީ ވާޗުއަލްކޮށް. -- ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް


މޯލްޑިވްސް މެރިން އެކްސްޕޯ 2021 އަންނަ މަހު: މި ފަހަރު ތަފާތުތަކެއް ފެނިގެންދާނެ!

25 ނޮވެންބަރު 2021 - 13:48 0

ރާއްޖޭގެ ބޯޓިން ސިނާއަތަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި އިވެންޓު ކަމަށްވާ މޯލްޑިވްސް މެރިން އެކްސްޕޯގެ ހަތް ވަނަ އެޑިޝަން އޮންނާނީ އަންނަ ޑިސެމްބަރު 11 އިން 13 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. ހަފުތާ ބަންދާ ދިމާކޮށްގެން ތިން ދުވަހަށް ކުރިޔަށް ގެންދާ، މި އަހަރުގެ އިވެންޓުގައި ބައިވެރިވާން ސްޕޮންސަރުންނާއި އެގްޒިބިޓަރުންނަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މެރިން އެކްސްޕޯއަކީ ކޮބާ؟

މޯލްޑިވްސް މެރިން އެކްސްޕޯއަކީ ސަފާރީ ސިނާއަތުގެ ވިޔަފާރިވެރިންގެ ޖަމިއްޔާ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ރަސްމީ އިވެންޓެވެ.

ހަމައެކަނި ލިވްއެބޯޑާއި، ޔޮޓާއި، މެރިން ޓްރާންސްފޯޓަށް ހާއްސަ ވެގެން 2016 ގައި ފެށި މި އިވެންޓު ފުޅާވަމުން ގޮސް، މިހާރު މެރިން ސިނާއަތާ ގުޅުންހުރި ހުރިހާ ބަޔަކަށް ހާއްސަ ބައިތައް އެކްސްޕޯގައި ހިމެނެ އެވެ. މިހާރު އެކްސްޕޯގައި އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ލިވްއެބޯޑުތަކާއި ޔޮޓުތަކާއި، މަސްވެރިކަމުގެ އިތުރުން ވޯޓަރ ސްޕޯޓްސްއާއި ލޮޖިސްޓިކްސް ހިމެނެ އެވެ.

ކުރީގެ އެކްސްޕޯތަކަށް އަވަސް ކަޅިއެއް

  • އެގްޒިބިޓަރުން – 42
  • ސެމިނާތައް – 12
  • ބޯޓް ޑިސްޕްލޭ – 10
  • ޕްރޮޑަކްޓް ލޯންޗް - 7

މެރިން އެކްސްޕޯގައި ވިޔަފާރިތައް އެގްޒިބިޓް ކުރާނެ ސްޓޯލްތަކާއި، ބޯޓުތައް ދައްކާލަން ހާއްސަ ސަރަހައްދެއްގެ އިތުރުން މައުލޫމާތު ދިނުމުގެ ސެމިނާތަކާއި ވޯކްޝަޕްތައް ކުރިޔަށް ދާނެ އެވެ. މި އިވެންޓުގައި ކަނޑު އުޅަނދުފަހަރާއި، އެ އުޅަނދުތަކަށް ބޭނުންވާ ތަފާތު އާލާތްތައް ވިއްކާ ވިޔަފާރިތަކުގެ އިތުރުން، މި އުޅަނދުތަކަށް ތަފާތު ހިދުމަތްދޭ އިންޝުއަރެންސާއި ލޮޖިސްޓިކްސް ވިޔަފާރިތަކުން ވެސް ބައިވެރިވެ އެވެ.

އެގްޒިބިޓަރުންނަށް ހުރި ފުރުސަތުތަކަށް ބަލާއިރު، ދެ ސައިޒެއްގެ އައުޓްޑޯ ޓެންޓު ހުންނާނެ އެވެ. އަދި އެއްވެސް ޓެންޓެއް ނުލާ ހުންނަ ހުސް ޖާގަތައް ވެސް ހުރެ އެވެ. މީގެ އިތުރުން ބޯޓު ބިލްޑަރުންނަށް އެއްގަމުގައި ބޯޓުތައް ދައްކާލާނެ ހާއްސަ ބޯޓު ޑިސްޕްލޭ ސަރަހައްދެއް އޮންނާނެ އެވެ.

އެކްސްޕޯގައި އެގްޒިބިޓް ކުރެވޭނީ ކޮން ބަޔަކަށް؟

  • ބޯޓް ބިލްޑަރުން
  • ފިނޭންސް އަދި އިންޝުއަރެންސް ވިޔަފާރިތައް
  • ބޯޓުތަކަށާއި މަސްވެރިކަމަށް ބޭނުންވާ ސާމާނާއި މެރިން ފުޑްސް ސަޕްލަޔަރުން
  • ލޮޖިސްޓިކްސް، މެރިން ޓެކްނޮލޮޖީ، ފަޔާ ސޭފްޓީގެ ހިދުމަތްދޭ ވިޔަފާރިތައް
  • ދާއިރާއާ ގުޅޭ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތައް
  • އެހެނިހެން ގުޅުންހުރި ވިޔަފާރިތައް

ކުރިން ބޭއްވި އެކްސްޕޯތަކަށް ބަލާއިރު، ގިނަ ވިޔަފާރިތަކުން ޕްރޮޑަކްޓް ލޯންޗުކުރަން އެކްސްޕޯ ބޭނުންކޮށްފަ އެވެ. އަދި އެކްސްޕޯގެ ތެރެއިން ކުރިޔަށް ގެންދިޔަ ސެމިނާތަކުގެ ޒަރިއްޔާއިން ދާއިރާގައި ހުރި މައްސަލަތަކާއި ގޮންޖެހުންތައް ސަރުކާރުގެ ސަމާލުކަމަށް ގެންނަން ވެސް ބޭނުން ކުރި އެވެ.

އެކްސްޕޯއަށް ޒިޔާރަތް ކުރާނީ ކޮން ބަޔެއް؟

  • ވޯޓާ ސްޕޯޓްސް އަދި ޑައިވް ސްކޫލް އޮޕަރޭޓަރުން
  • ގެސްޓްހައުސް ޑިވެލޮޕަރުންނާއި އޮޕަރޭޓަރުން
  • ރިސޯޓު ޑިވެލޮޕަރުންނާއި އޮޕަރޭޓަރުން
  • ލިވްއެބޯޑް ޑިވެލޮޕަރުންނާއި އޮޕަރޭޓަރުން
  • ބޯޓު ބިލްޑަރުންނާއި އޮޕަރޭޓަރުން
  • ޓްރެވަލް އެޖެންސީތަކާއި ޓުއާ އޮޕަރޭޓަރުން
  • މޫދު ކުޅިވަރަށް ލޯބިކުރާ މީހުން

އަހަރުން އަހަރަށް ފުޅާވަމުން އަންނަ މި އަހަރުގެ އިވެންޓުގައި އަލަށް ދެ ކަމެއް ތައާރަފުކުރާނެ އެވެ. އެއީ މެރިން ފުޑްސް ބަޔާއި ވޯޓާސްޕޯޓްސް އެވެ. މިއާ އެކު ކަނޑުގެ ދިރުންތައް އެކްސްޕޯޓުކޮށްގެންނާއި، އެޔަށް ވެލިޔު އެޑްކުރާ ވިޔަފާރިތަކަށް ވެސް އެކްސްޕޯ ވަނީ ހުޅުވާލެވިފަ އެވެ.

މި އަހަރުގެ އެކްސްޕޯގެ އިވެންޓް މެނޭޖަރަކީ މީޑިއަމް ޕްރައިވެޓް ލިމިޓެޑެވެ.