Advertisement

ނައިޓް މާކެޓް ބާއްވަން ހަތަރު ފަރާތަކަށް ހުއްދަދީފި

25 ނޮވެންބަރު 2021 - 13:42 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް


ނައިޓް މާކެޓް ބާއްވަން ހަތަރު ފަރާތަކަށް ހުއްދަދީފި

25 ނޮވެންބަރު 2021 - 13:42 0

ކޮވިޑުގެ ސަބަބުން ނައިޓް މާކެޓްތައް ނުބާއްވާތާ ދެ އަހަރެއްހައި ދުވަސް ފަހުން އަލުން ފެށުމަށް ތައްޔާރުވެ، ހަތަރު ފަރާތަކަށް ހުއްދަ ދީފި އެވެ.

މާލެ ސިޓީ ކައުންސިލުން މި މަހުގެ 10 ވަނަ ދުވަހު ވަނީ ފެއާ ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބާއްވާނެ ގޮތުގެ އުސޫލެއް އެކުލަވާލުމަށްފަހު، ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.

މި ފުރުސަތު ހުޅުވާލުމާއި އެކު މިހާތަނަށް 18 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް، ހުއްދައަށް އެދިފައި ވީނަމަވެސް، މިހާތަނަށް ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ދީފައި ވަނީ ހަތަރު ފަރާތަކަށް ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. ހުއްދަ ދީފައިވަނީ މާލޭ ބްރިޖް ސަރަހައްދާއި ހުޅުމާލެ ރުއްގަނޑު ސަރަހައްދާއި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާށެވެ.

އަންނަމަހު ނައިޓް މާކެޓް ބާއްވަން ހުއްދަ ދީފައިވާ ފަރާތްތައް


1. ޔުނިޓީ އިވެންޓްސް އެންޑް އެންޓަޓެއިންމެންޓް: ހުޅުމާލެ ރުއްގަނޑު ސަރަހައްދު 2 | 1 ޑިސެމްބަރު 2021 - 10 ޑިސެމްބަރު 2021 2. ބީޓުބީ: ހުޅުމާލެ ރުއްގަނޑު ސަރަހައްދު 2 | 14 ޑިސެމްބަރު 2021 - 24 ޑިސެމްބަރު 2021 3. އަކޫޒް ޕްރައިވެޓް ލިމިޓެޑް: ހުޅުމާލެ ހުޅުމާލެ ސެންޓްރަލް ޕާކް | 24 ޑިސެމްބަރު 2021 - 5 ޖެނުއަރީ 2022 4. ޕްރިޒަމް ހޯލްޑިންގް: މާލެ ބޮޑުތަކުރުފާނު މަގު، ބްރިޖް ސަރަހައްދު | 26 ޑިސެމްބަރު 2021 - 6 ޖެނުއަރީ 2022

އިންތިޒާމް ކުރާ ފަރާތުން ޕްރޮސެސިން ފީއެއްގެ ގޮތުގައި 20 ހާސް ރުފިޔާ ސިޓީ ކައުންސިލުން ނަގަ އެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 50 ހާސް ސިޓީ ކައުންސިލްއަށް ދައްކަން ޖެހޭއިރު، މުދާ ވިއްކަން ބަހައްޓާ ކޮންމެ މޭޒަކުން ފަސް އިންސައްތަ ސިޓީ ކައުންސިލަށް ދޭން ޖެހެ އެވެ.

މިހާރު ސިޓީ ކައުންސިލުން ގެޒްޓްކޮށްފައިވާ އުސޫލުގައިވާ ގޮތުން އެއްވެސް މޭޒެއްގައި ކޭޝިއަރަކަށް ބިދޭސީއަކު ހުރުމަކީ މަނާ ކަމެކެވެ.

އަދި ކަރަންޓް، ސެކިއުރިޓީއާ، އެނޫންވެސް ހިދުމަތްތައް ހަމަޖެހި، އެހެނިހެން އިންތިޒާމްތައްވެސް ހަރަކާތް ބާއްވާ ފަރާތުން ފޯރުކޮށްދެން ޖެހެ އެވެ. އެނައުންސްމެންޓްގެ ހިދުމަތާއި، ޓްރެފިކް މެނޭޖްކުރުމުގެ އިތުރުން މުދާ ގެނެއުމުގެ އިންތިޒާމްތަކާއި، ތަނުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށް ކުނި އުކާލުމުގެ އިންތިޒާމް ފުރިހަމަވާނެ ޖެހޭނެ ކަމަށް ވެސް ސިޓީ ކައުންސިލްގެ އުސޫލުގައި ވެއެވެ.