Advertisement

ސްވިޑަންގައި ފުރަތަމަ ފަހަރަށް އަންހެން ބޮޑު ވަޒީރަކު ހޮވައިފި

25 ނޮވެންބަރު 2021 - 05:43 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޕާލިމެންޓުގައި ބޮޑު ވަޒީރު މެގްޑެލީނާ އެންޑެސަން އަށް މަރުހަބާ ކިޔަނީ. -- ފޮޓޯ: ރޮއިޓާޒް


ސްވިޑަންގައި ފުރަތަމަ ފަހަރަށް އަންހެން ބޮޑު ވަޒީރަކު ހޮވައިފި

25 ނޮވެންބަރު 2021 - 05:43 0

ސްޓޮކްހޯމް، ސްވިޑަން (ނޮވެމްބަރު 24) - ސްވިޑަންގެ ފުރަތަމަ އަންހެން ބޮޑު ވަޒީރުގެ މަގާމަށް އުމުރުން 54 އަހަރުގެ މެގްޑެލީނާ އެންޑެސަން ހަމަޖައްސަން ޕާލިމެންޓުން ނިންމައިފި އެވެ.

ބުދަ ދުވަހު ޕާލިމެންޓުގައި ނެގި ވޯޓުގައި 349 މެމްބަރުންގެ ތެރެއިން މެގްޑެލީނާ އެންޑެސަން ތާއީދުކޮށް 117 މެމްބަރުން ވޯޓު ދެއްވިއިރު، ދެކޮޅަށް 174 މެމްބަރުން ވޯޓު ދެއްވި އެވެ. ފަންސާސް ހަތް މެމްބަރުން ވަކި އަތަކަށް ވޯޓެެއް ނުދެއްވަ އެވެ.

ސްވިޑަންގެ ގާނޫނު އޮންނަ ގޮތުން މެޖޯރިޓީ މެމްބަރުން، ދެކޮޅަށް ވޯޓު ނުދެއްވުމުން ބޮޑުވަޒީރު ކަމަށް ހޮވެ އެވެ. އެހެންވެ، މެގްޑެލީނާ އެންޑެސަން މަގާމު ލިބިވަޑައި މިގަތީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.

ސްވިޑަން އަކީ ނޯޑިކް ގައުމުތައް ނުވަތަ އުތުރު ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އަންހެން ވެރިޔަކު މީގެ ކުރިން ވެރިކަން ކޮށްފައި ނުވާ ހަމައެކަނި ގައުމެވެ.

ސްވިޑަންގެ އަންހެނުންނަށް ވޯޓުލުމުގެ ހައްގު ލިބުނުތާ 100 އަހަރު ފަހުން އަންހެން ވެރިޔަކު ހޮވިވަޑައިގެންނެވުމުން ޕާލިމެންޓުގައި ވަނީ އެންޑެސަން އަށް މަރުހަބާ ކިޔައިފަ އެވެ.

އެ ކަމަނާއަށް މައިނޯރިޓީ ސަރުކާރެއްގެ ލީޑަރުކަން ލިބިވަޑައިގެންނެވީ އެންމެ ފަހު ވަގުތު އިދިކޮޅު ލެފްޓް ޕާޓީއާ އެކު އެކުލަވާލި ޑީލެއްގެ ދަށުން ޕެންޝަންގެ އަދަދު މަތިކުރަން އެއްބަސްވުމުންނެވެ. އޭގެ އިތުރުން ސެންޓާ ޕާޓީ އާއި ގްރީންސް ޕާޓީގެ ތާއީދު ވެސް ލިބިވަޑައިގެންނެވި އެވެ.

އުޕްސަލާ ޔުނިވާސިޓީ ސިޓީގެ ކުރީގެ ޖޫނިއާ ފެތުމުގެ ޗެމްޕިއަން، އެންޑެސަން ސިޔާސީ ކެރިއާ ފެއްޓެވީ 1996 ވަނަ އަހަރު އޭރުގެ ބޮޑު ވަޒީރު ގޯރަން ޕެސަންގެ އެޑްވައިޒަރެއްގެ ގޮތުގަ އެވެ. ފާއިތުވި ހަތް އަހަރު އެކަމަނާ އަކީ ފިނޭންސް މިނިސްޓަރެވެ.