Advertisement

ޓައިވާންއާ އެކު 110 ގައުމަކަށް ބައިޑެންގެ ޑިމޮކްރަސީ ސަމިޓުގެ ދައުވަތު ފޮނުވައިފި

24 ނޮވެންބަރު 2021 - 12:47 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ރައީސް ޖޯ ބައިޑެން. -- ފޮޓޯ: އޭއެފްޕީ


ޓައިވާންއާ އެކު 110 ގައުމަކަށް ބައިޑެންގެ ޑިމޮކްރަސީ ސަމިޓުގެ ދައުވަތު ފޮނުވައިފި

24 ނޮވެންބަރު 2021 - 12:47 0

ވޮޝިންޓަން، އެމެރިކާ (ނޮވެމްބަރު 24) - އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ވާޗުއަލް ޑިމޮކްރަސީ ސަމިޓުގެ ދައުވަތު ޓައިވާނާއި އިތުރު 100 ގައުމަކަށް ފޮނުވައިފި އެވެ.

ނަމަވެސް ޗައިނާ އަށް ދައުވަތު ފޮނުވާފައެއް ނުވެ އެވެ. އެހެންކަމުން ޓައިވާނަކީ ޗައިނާގެ ބަޔެއްގެ ގޮތުގައި ދެކޭ ޗައިނާ ސަރުކާރުގެ ނުރުހުން އަމާޒުވާނެ ކަމަށް ބެލެވެ އެވެ.

ޑިމޮކްރަސީ ސަމިޓަކީ ބައިޑެންގެ ރިޔާސީ ވައުދެކެވެ. ބައިޑެންގެ ހާރިޖީ ސިޔާސަތުގައި އިސްކަން ދެއްވާފައިވާ އެއް ކަމަކީ ހުދުމުހުތާރް ވެރިކަންތަކާ ދެކޮޅުވެ، ޑިމޮކްރަސީ ކުރިއެރުވުމެވެ.

"ސަމިޓް ފޯ ޑިމޮކްރަސީ" އޮންނާނީ ޑިސެމްބަރު 9 އިން 10 އަށް ވާޗުއަލްކޮށެވެ. ސަމިޓުގެ ދެ ވަނަ ބައްދަލުވުން އޮންނާނީ އަންނަ އަހަރު ހުރިހާ ލީޑަރުން އެއްތަންވެގެންނެވެ.

ގިނަ ދުވަސްތަކެއް ވަންދެން އިޝްތިހާރު ކުރި ސަމިޓުގެ ދައުވަތު ލިސްޓުގައި އެމެރިކާއާ އެންމެ ވާދަވެރި ޗައިނާ އަދި ރަޝިއާ ނުހިމެނޭތީ ފާޑުކިޔުން އަންނާނެ ކަމަށް ބެލެވެ އެވެ.

ނަމަވެސް މިނިވަން ގައުމެއްގެ ގޮތުގައި އެމެރިކާ އިން ވެސް ބަލައިގެންފައި ނުވާ ޓައިވާނަށް ދައުވަތު ދިނެވެ. އެމެރިކާ އިން ދެކޭ ގޮތުގައި ޓައިވާނަކީ ނަމޫނާ ޑިމޮކްރަސީއެކެވެ.

އިންޑިއާ އާއި ޕާކިސްތާނަށް ވެސް ދައުވަތު ދީފައި ވެ އެވެ.

އެމެރިކާގެ އަސްކަރީ ކޯލިޝަން ނޭޓޯގައި ހިމެނޭ ތުރުކީ އަށް ދައުވަތު ދީފައި ނުވާއިރު، ބައިޑެން ދެކިވަޑައިގަންނަވާ ގޮތުގައި ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން އަކީ ހުދުމުހުތާރު ވެރިޔެކެވެ.

މެދުއިރުމަތީގެ ގައުމުތަކުން ދައުވަތު ލިބުނީ ހަމައެކަނި އިޒްރޭލާއި އިރާގަށެވެ. އެމެރިކާ އަށް ވާގިވެރިވާ މިސްރު، ސައުދީ އަރަބިއްޔާ، އުރުދުން، ގަތަރު އަދި ޔޫއޭއީ އަށް ވެސް ދައުވަތެއް ނުފޮނުވަ އެވެ.

ކަނާއަތު ފިޔައިގެ ވިސްނުން ގެންގުޅޭ ރައީސް ޖެއާ ބޮލްސޮނާރޯ ވެރިކަން ކުރައްވާ ބްރެޒިލް އާއި ޑިމޮކްރަސީއާ ހިލާފު އަމަލުތައް ހިންގާ ޕޮލެންޑަށް ދައުވަތު ދިނެވެ.

އެފްރިކާ އިން ދައުވަތު ދީފައު ވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ކެންޔާ، ސައުތު އެފްރިކާ، ނައިޖީރިއާ އަދި ނައިޖާ އަށެވެ.

އެނެލިސްޓުން ބުނާ ގޮތުގައި ސަމިޓަށް ގައުމުތައް ހޮވާފައިވާ ގޮތާ މެދު އެމެރިކާ އާއި ބައިޑެން އަށް ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވާނެ ކަމަށް ބެލެވެ އެވެ.