Advertisement

ލަންކާގެ ރައީސްގެ ބައްދަލުވުމަށް ތައްޔާރު ނުވެ އައި އޮފިޝަލުން ބޭރުކޮށްފި

24 ނޮވެންބަރު 2021 - 11:25 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ތައްޔާރު ނުވެ ތިބި އޮފިޝަލުން ބައްދަލުވުން ނުކުތުމަށް ރައީސް ގޮތަބަޔަ ރާޖަޕަކްސަ އަންގަވާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް.


ލަންކާގެ ރައީސްގެ ބައްދަލުވުމަށް ތައްޔާރު ނުވެ އައި އޮފިޝަލުން ބޭރުކޮށްފި

24 ނޮވެންބަރު 2021 - 11:25 0

ސްރީ ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމަކަށް ތައްޔާރު ނުވެ ހާޒިރުވި ދެ އޮފިޝަލުން ބައްދަލުވުމުން ބޭރުކޮށް، މައުލޫމާތު ހިފައިގެން އައުމަށް އަންގަވައިފި އެވެ.

ބައްދަލުވުމުގެ ވީޑިއޯ ޓްވިޓާގައި އާއްމުވެފައި ވާއިރު، ތައްޔާރު ނުވެ ދެ އޮފިޝަލުން ހާޒިރުވުމުން ގޮތަބަޔަ ނުރުހުންވެ، ވާހަކަ ދައްކަވާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ.

ރަނގަޅަށް ތައްޔާރުވެގެން ބައްދަލުވުމުގައި ބައިވެރިވާން އައުމަށް ފޮނުވާލީ ކޮލޮމްބޯ ކޮމާޝަލް ފާޓިލައިޒާ ލިމިޓެޑްގެ ޗެއާމަން އާއި އިތުރު އޮފިޝަލެކެވެ.

ގޮތަބަޔަ ދެ އޮފިޝަލުނަށް އެންގެވީ ބޭނުންވާ މައުލޫމާތުތައް ފުރިހަމަ އަށް ހޯދައިގެން އަލުން ބައްދަލުވުމަށް ހާޒިރުވުމަށެވެ. އެއީ ފާޓިލައިޒާ ބޭނުންކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުމާ ގުޅޭ ބައްދަލުވުމެކެވެ.