Advertisement

ހަނިމާދޫން ނަމޫނާއެއް، ޕްލާސްޓިކް ކޮތަޅުން ސަލާމަތްވުމަށް ފޮތި ދަބަސް ފަހަން ދަސްކޮށް ދެނީ

24 ނޮވެންބަރު 2021 - 06:40 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް


ހަނިމާދޫން ނަމޫނާއެއް، ޕްލާސްޓިކް ކޮތަޅުން ސަލާމަތްވުމަށް ފޮތި ދަބަސް ފަހަން ދަސްކޮށް ދެނީ

24 ނޮވެންބަރު 2021 - 06:40 0

ފިކުރެއް ވެސް ނެތި އުކާލަން އާދަވެފައިވާ ވެށީގެ ހަތުރެއްގެ ގޮތުގައި ބެލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމާއި އުކާލުން ހުއްޓުވުމަށް ގޮތްތައް ހޯދަން ޖެހޭކަމާއި، ހޯދާނެ ގޮތް ބުނެ ދިނުމާއި ދަސްކޮށް ދިނުމަށް މިފަހަރު އިސް މި ނެގީ، ރާއްޖޭގެ އެންމެ ޗާލު އެއް ރަށްކަމުގައިވާ ހދ. ހަނިމާދޫ ކައުންސިލުންނެވެ.

ހަނިމާދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓްއާ ގުޅިގެން ހަނިމާދޫގައި ދަބަސް ފަހަން ދަސްކޮށް ދޭ ކޯހެއް ހިންގުމަށް ވަނީ ނިންމައިފަ އެވެ.

ހަނިމާދޫ ކައުންސިލް މެމްބަރުން ނާޒިޔާ ހަސަން ވިދާޅުވީ މިއީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދުކުރުމުގެ މަގްސަދުގައި ފަށާ ހާއްސަ ކޯހެއް ކަމަށެވެ. ތިރީސް މީހުންގެ ޖާގައިގެ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހަނިމާދޫގެ ކޮންމެ ރައްޔިތަކަށް ވެސް ވަނީ ހުޅުވާލެވިފަ އެވެ.

މިިހާރު ޕްލާސްޓިކް ކޮތަޅު ހޯދަން ތަންކޮޅެއް ދަތިވެސް ވެއްޖެ. ދެން ރައްޔިތުން ވެސް ވަރަަށް ބޮޑަށް ހޭލުންތެރިވާނެ މިކަހަލަ ޕްރޮގްރާމަކުން މި ހިތްވަރުދެނީ ބާޒާރު ކުރަންދާއިރު އަމިއްލަ ފޮތި ދަބަހެއް ގެންދިއުމަށް،" ނާޒިޔާ ވިދާޅުވި އެވެ.

ތިން ދުވަހުގެ މި ކޯހަށް ފައިސާ ދައްކާކަށް ނުޖެހެ އެވެ. ކޯހުގައި ބައިވެރިވުމަށްޓަކައި ބައިވެރިން ހޯދަން ޖެހޭނީ ހަމައެކަނި ފަހާ ފޮއްޓަކާއި ކަތުރެކެވެ. އެނޫން ހުރިހާ ތަކެއްޗެއް ކޯސް އިންތިޒާމް ކުރާ ފަރާތުން ދެއެވެ.

ޔޫތު މިނިސްޓްރީއިން މި ކޯސް ހިންގުމަށް ފުރަތަމަ ހަމައްޖައްސާފައިވަނީ ހަމައެކަނި ކުޅުދުއްފުށީ ސިޓީގަ އެވެ. ނަމަވެސް ކުޅުދުއްފުށީ ކޯސް ނިންމުމަށްފަހު, ހަނީމާދޫގައި ކޯސް ހިންގަނީ ރަށު ކައުންސިލުން އެދިގެންނެވެ.

ޔުނިސެފުން 2019 ވަނަ އަހަރު ނެރެފައިވާ ރިޕޯޓަކުން ދައްކާ ގޮތުގައި، 2018 ވަނަ އަހަރު ރާއްޖެއިން 100 މިލިއަނަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު އުކާލާފައިވެ އެވެ. މިއީ ނިސްބަތުން ބޮޑު އަދަދަކަށް ވާއިރު ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ދަނީ މަސައްކަތްކުރެވެމުންނެވެ.

ރާއްޖެ އަށް އެތެރެކުރާ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ޓެކްސްއެއް ނަގަން ނިންމާފައިވާއިރު, 2023 ގެ ނިޔަލަށް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށްވެސް ވަނީ ނިންމާފަ އެވެ.