Advertisement

މާޒިޔާ 10 ދުވަހުގެ ޓްރެއިނިން ކޭމްޕަކަށް ކެނދިކުޅުދޫ އަށް

23 ނޮވެންބަރު 2021 - 12:44 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


މާޒިޔާ 10 ދުވަހުގެ ޓްރެއިނިން ކޭމްޕަކަށް ކެނދިކުޅުދޫ އަށް

23 ނޮވެންބަރު 2021 - 12:44 0

ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން 10 ދުވަހުގެ ޓްރެއިނިން ކޭމްޕަކަށް ނ. ކެނދިކުޅުދޫ އަށް މިއަދު ގޮސްފި އެވެ.

ކެނދިކުޅުދޫ ކައުންސިލްގެ އެހީތެރިކަމާ އެކު މާޒިޔާއިން ކުރިއަށް ގެންދަން ނިންމާފައިވާ މި ޓްރެއިނިން ކޭމްޕަކީ ޕްރީ ސީޒަނުގެ ޕްރެކްޓިސް އަށް ހާއްސަ ކުރި ކޭމްޕެކެެވެ. މި ކޭމްޕް މި ދުވަސްވަރަށް ތާވަލުކޮށްފައިވަނީ ދާދި ފަހުން ލަންކާގައި ނިމުނު މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި ވާދަކުރި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދިއުމަށެވެ. ގައުމީ ޓީމުގައި މާޒިޔާ އަށް ނިސްބަތްވާ ގިނަ ކުޅުންތެރިން ހިމެނެ އެވެ.

މާޒިޔާގެ ކޯޗަކީ ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ. މޯހަންގެ ކޯޗުކަމުގައި މާޒިޔާ އިން ޕްރެކްޓިސް ފެށީ މި މަހު އެއް ވަނަ ދުވަހު އެވެ. އެކަމަކު، ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު ފުލް ސްކޮޑެއް ލައިގެން މޯހަން އަށް ޕްރެކްޓިސް ފެށުނީ ދާދި ފަހުންނެވެ.

ކެނދިކުޅުދޫގައި މާޒިޔާގެ އެކެޑަމީގެ މަސައްކަތްތަކެއް ފަށަން ވެސް ދާދި ފަހުން ވަނީ އެއްބަސްވުމެއް ހަދައިފަ އެވެ. އެ ގޮތުން މާޒިޔާ އާއި ކެނދިކުޅުދޫ ކައުންސިލުން ގުޅިގެން ކުރިއަށްގެންދާ އެކެޑަމީގެ ކަންކަން ވެސް ވަރަށް އަވަހަށް ރަސްމީކޮށް ފެށިގެންދާނެ އެވެ.

މީގެ ކުރިން ވެސް މާޒިޔާ އިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޕްރީ ސީޒަން ކޭމްޕަށް ގޮސްފަ އެވެ. އެ ގޮތުން 2015 ވަނަ އަހަރު، އަލީ ސުޒޭން، މާޒިޔާގެ ކޯޗަކަށް ހުރިއިރު، ހއ. ހދ. އަށް ޓްރެއިނިން ކޭމްޕަކަށް ދިޔަ އެވެ. އަދި 2019 ވަނަ އަހަރު މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސަކޮ)ގެ އުފަން ރަށް އދ. މަހިބަދޫގައި ޓްރެއިނިން ކޭމްޕެއް ޖެހީ މެސެޑޯނިއާގެ ކޯޗު މަރްޖާން ސެކުލޮސްކިީ ހުއްޓަ އެވެ.

ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މާޒިޔާ އިން ވަނީ ނޭޕާލްގެ ކެޕްޓަން، ގޯލްކީޕަރު ކިރަން ކުމާރް ޝެމްޝޮން އާއި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އަދި ޒުވާން ފުލްބެކް ހައިޝަމް ހަސަން (ބިޑި) ގެންގޮސްފަ އެވެ.

އެފްއޭ ޗެރިޓީ ޝީލްޑަށް ކުޅޭ ސީޒަނުގެ ފުރަތަމަ މެޗުގައި މާޒިޔާ އިން އަންނަ މަހު 15 ވަނަ ދުވަހު ބައްދަލުކުރާނީ ކްލަބް ވެލެންސިއާއާ އެވެ.

ޝީލްޑް މެޗުގައި މާޒިޔާ ކުޅެނީ ލީގު ޗެމްޕިއަންގެ ހައިސިއްޔަތުންނެވެ. ވެލެންސިއާ އަށް ފުރުސަތު ލިބެނީ ލީގު ރަނަަރަޕްގެ ހައިސިއްޔަތުންނެވެ. އާންމުކޮށް ޝީލްޑް މެޗުގައި ކުޅެނީ ލީގު ޗެމްޕިއަނާއި އެފްއޭ ކަޕް ޗެމްޕިއަނެވެ. ކޮވިޑް-19ގެ ސަބަބުން މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ޖެހުނީ ކެންސަލްކުރާށެެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ސްލޮޓް ރާއްޖޭން ލިބުނީ މާޒިޔާ އަށެވެ. ވެލެންސިއާ ކުޅެން ޖެހޭނީ ކޮލިފައިންގަ އެވެ.