Advertisement

އަންވެއިލިން ވިޝަން: އެންމެ ބޮޑު މައުރަޒުން އާ ހުނަރުވެރިން ވިދާލަން ތައްޔާރަށް

23 ނޮވެންބަރު 2021 - 09:41 0


އަންވެއިލިން ވިޝަން: އެންމެ ބޮޑު މައުރަޒުން އާ ހުނަރުވެރިން ވިދާލަން ތައްޔާރަށް

23 ނޮވެންބަރު 2021 - 09:41 0

ފަސްދޮޅަހަށްވުރެ ގިނަ އާޓިސްޓުންގެ ހުނަރުވެރި މަސައްކަތް ދައްކާލުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އާޓު މައުރަޒު، 'އަންވެއިލިން ވިޝަން' ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް) އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި މައުރަޒު މި އަހަރު ވެސް 10 ދުވަހަށް އާޓް ގެލެރީގައި ކުރިއަށް ގެންދާނެ އެވެ. ހުނަރުވެރި އެތައް އާޓިސްޓުންނެއްގެ އާދަޔާ ހިލާފު މަސައްކަތްތަކާއި، އަލަށް އާޓްގެ ދުނިޔެއަށް ވަންނަ ގިނަ އަދަދެއްގެ ޒުވާނުންގެ ހުނަރު މި މައުރަޒުގައި ކޮންމެ އަހަރަކު ވެސް ދައްކާލަ އެވެ.

އާޓިސްޓް ކޮމިއުނިޓީގެ ޖެނެރަލް ސެކެޓްރީ ހުސައިން އިއްފަ ބުނީ، މިދިޔަ އަހަރު، ޕެންޑެމިކްގެ މެދުން ބޭއްވި 'އަންވެއިލިން ވިޝަން' މައުރަޒާ އަޅާ ބަލާއިރު މި އަހަރުގެ މައުރަޒު މާ ބޮޑަށް ވެސް ތަފާތުވެފައި ހާއްސަވާނެ ކަމަށް ގަބޫލުކުރެވޭ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އަލަށް މައުރަޒުގައި ބައިވެރިވާ ޒުވާން އާޓިސްޓުންގެ ހުނަރުތަކުން މިފަހަރު މީހުން ހައިރާން ކޮށްލާނެ ކަމަށް ބުންޏެވެ.

"އަޅުގަނޑަށް ބައިވެރިވާ އާޓިސްޓުންގެ ސީދާ އަދަދު އަދި ބުނަން ދަތި. އެކަމަކު މިހާރު ވެސް ފަސްދޮޅަހަށް ވުރެ ގިނަ އާޓިސްޓުން އެބަތިބި." އިއްފަ ބުންޏެވެ.

ހުސް ދިވެހި އާޓިސްޓުންގެ ހުނަރު ތަމްސީލުކުރާ މި މައުރަޒު މިފަހަރު ހުޅުވާލާނީ ހަތް ކެޓަގަރީ އެއްގެ އާޓްވޯކްތަކާ އެކު އެވެ. އޭގެ ތެރޭގައި ހިމެނެނީ، ޑްރޯވީންގް، ޕެއިންޓިން، ޑިޖިޓަލް އާޓް، ކަލިގްރަފީ، ސްކަލްޕްޗާ، އިންސްޓަލޭޝަން އަދި މިކްސް މީޑިއާ އެވެ. މިއިން ކޮންމެ ކެޓަގަރީ އަކަށް އާޓިސްޓިން ހުށަހަލާ އާޓް ވޯކް ތަކުން އަހަރުގެ 'އެންމެ ވައިބްރަންޓް އާޓިސްޓް" ހޮވާލެވޭނެ އެވެ.