Advertisement

ހާފިޒުކަން ކިޔަވާ ދަރިވަރުންގެ ހަރަދު ސަރުކާރުން ހަމަޖައްސައިދޭން ނިންމައިފި

21 ނޮވެންބަރު 2021 - 11:11 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ދަސްވެނިވުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ހާފިޒުކަން ކިޔަވާ ދަރިވަރުންގެ ހަރަދު ސަރުކާރުން ހަމަޖައްސައިދޭން ނިންމައިފި

21 ނޮވެންބަރު 2021 - 11:11 0

އެމީހެއްގެ ރަށުން ބޭރުގައި ހާފިޒުކަން ކިޔަވާ ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ދިރިއުޅުމުގެ ހަރަދުތައް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ދަސްވެނިވުމުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދީނީ އިލްމާއި ގުރުއާނުގެ އިލްމު ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ފެތުރުމަށް، މި ސަރުކާރުން އިސްކަންދޭނެ ކަމަށެވެ.

"ޖަޒީރާ ތަރައްގީގެ އެންމެ މައި ތަނބަކީ ރާއްޖޭގައި މިހާރަށް ވުރެ ބޮޑަށް ދީނީ އިލްމު އުނގަންނައިދީ ފެތުރުން. އަންނަ އަހަރު ފެށިގެން އަންނައިރުގައި، ހާފިޒުން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން، އަމިއްލަ ރަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، ކޯސް ފުރިހަމަކުރުމަށް ބޭނުންވާ އެމީހުންގެ ދިރިއުޅުމުގެ ހަރަދުތައް އިރާދަކުރެއްވިއްޔާ، ސަރުކާރުން ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ގުރުއާން ޓީޗަރުންނާއި ހާފިޒުންނާއި އިމާމުން އުފެއްދުމަށް ވުރެ، ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ދައުރު ވެސް ފުޅާވާން ކަމަށެވެ.

ގުރުއާނުގެ އިލްމީ ކަންޒުން ސިކުނޑިތައް މުއްސަނދިވެގެން ދާނީ، ކީރިތި ގުރުއާނުގެ އިލްމީ ދިރާސާތައް ކޮށްގެން ކަމަށާއި މިޒަމާނުގެ އިލްމީ ހޯދުންތައްވެސް، ގުރުއާނުގެ އިލްމީ ހަގީގަތްތަކުން އިތުރު ފުރިހަމަވެގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ، އަޅުގަނޑަށް ވިސްނޭ ގޮތުގައި، މި މަރުކަޒުގެ ދައުރު މާބޮޑަށް އެބަ ފުޅާކުރަންޖެހޭ. ގުރްއާނާ ބެހޭ މަރުކަޒެއް ހުރުމުގެ ހަގީގީ ފައިދާ ލިބޭނީ އޭރުން،" ރައީސް ވިދާޅުވި އެވެ.