Advertisement

މަދު ބަޔަކު ގެންގުޅޭ ހަރުކަށި ފިކުރަކީ ދީން ދަންނަ ކަމެއް ނޫން: ރައީސް

20 ނޮވެންބަރު 2021 - 22:27 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ދަސްވެނިވުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެލައްވަނީ-- ފޮޓޯ: ރައީސް އޮފީސް


މަދު ބަޔަކު ގެންގުޅޭ ހަރުކަށި ފިކުރަކީ ދީން ދަންނަ ކަމެއް ނޫން: ރައީސް

20 ނޮވެންބަރު 2021 - 22:27 0

ރާއްޖޭގައި މަދު ބަޔަކު ގެންގުޅޭ ހަރުކަށި ފިކުރަކީ އިސްލާމީ ތަރުބަވީ އަހުލާގު ދަންނަ އެއްޗެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ދަސްވެނިވުމުގެ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި މުޖުތަމައުގައި މަދު ބަޔަކު ގެންގުޅޭ ހަރުކަށި ފިކުރުތަކަކީ، ދީން ދަންނަ އެއްޗެއް ނޫން ކަމަށެވެ.

"އިސްލާމް ދީނުން ފެންނަން އޮތީ، އިޖްތިމާއީ އަދާލަތާއި ހަމަހަމަކަމާއި މެދުމިނުގެ އެންމެ މަތިވެރި އުސޫލުތައް. ބައިބައިވުމާއި ވަކިވަކިވުމެއް ނޫން. އިސްލާމީ އަހުލާގު ދައުވަތު ދެނީ، އޯގާތެރިކަމާއި ލޯތްބާއެކު އެކުވެރިވެ އެއްބައެއްގެ ގޮތުގައި އުޅުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގުރުއާން ޓީޗަރުންނާއި އަދި މުދިމުންނަކީ މުޖުތަމައުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން އައި ބައެއް ކަމަށާއި އޭރު މުޖުތަމައުގައި ސުލްހަ އާއި ހަމަޖެހުން އަދި ދިވެހިން އޭރު އުޅެމުން އައީ އެކަކު އަނެކަކަށް އެހީވާ ބައެއްގެ ގޮތުގައި ކަމަށެވެ.

ރައީސް ވިދާޅުވީ ގުރުއާނުގެ ބޭނުން ހިފޭނީ ދިރިއުޅުމުގައި ގުރުއާނުގެ އަހުލާގު އުނގެނި ތަންފީޒުކުރަން ދަސްކޮށްގެން ކަމަށެވެ. އެގޮތުން ގުއާނުގެ އަހުލާގު އުނގެނި ދަސްކޮށް މުޖުތަމައު ތެރޭގައި ހުރި މައްސަލަތަކަށް، ކީރިތި ގުރްއާނުން ހައްލު ލިބެން އެބަހުރިކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަކަށް ކީރިތި ގުރުއާނުގެ އަހުލާގުން ހައްލު ލިބެން އެބަހުރި" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ގުރުއާން ޓީޗަރުންނާއި، ހާފިޒުންގެ އިތުރުން އިމާމުން އުފެއްދުމަށް ވުރެ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ދައުރު ފުޅާވާންޖެހޭ ކަމަށެވެ.

އެގޮތުން ގުރުއާނުގެ އިލްމުތައް ފެތުރުން މުހިއްމު ކަމަށާއި ގުރުއާންގެ އިލްމީ ކަންޒުން ސިކުނޑިތައް މުއްސަނދި ވެގެން ދާނީ ގުރުއާނުގެ އިލްމީ ދިރާސާތައްކޮށްގެންކަން ރައީސް ފާހަގަކުރެއްވި އެވެ.

"މިކަމުގައި ގުރުއާން މުދައްރިސުންގެ ދައުރު ވަކިން ބޮޑުކަމުގައި އަޅުގަނޑު ދެކެން. އެބޭފުޅުންނަކީ، އަޅުގަނޑުމެންގެ ތެރެއިން ކުދިންތަކަކަށް އުނގަންނައިދެއްވުމުގެ ޒިންމާ އަދާކުރައްވާނެ ބޭފުޅުން. އެބޭފުޅުން ގުރްއާން ކިޔަވައިދެއްވާއިރު، އެބޭފުޅުންގެ އަހުލާގުވެސް ހުންނަންވާނީ، ކީރިތި ގުރްއާނުގެ އަހުލާގީ އިމުގެ ތެރޭގައި،" ރައީސް ވިދާޅުވި އެވެ.