Advertisement

އެކްސަސައިޒް ދޯސްތީއަށް 30 އަހަރު، މިއަދުން ފެށިގެން 24 އަށް ބާއްވަނީ

20 ނޮވެންބަރު 2021 - 10:40 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ސަރީލަންކާގެ މަނަވަރެއް: މި އެކްސަސައިޒް އެންމެ ފަހުން ބާއްވާފައިވަނީ 2018ވަނަ އަހަރުގެ ނޮވެމްބަރު މަހު-- ފޮޓޯ: އެމްއެންޑީއެފް


އެކްސަސައިޒް ދޯސްތީއަށް 30 އަހަރު، މިއަދުން ފެށިގެން 24 އަށް ބާއްވަނީ

20 ނޮވެންބަރު 2021 - 10:40 0

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑް ގުޅިގެން ހިންގާ ޓްރައިލެޓަރެލް ޖޮއިންޓް އެކްސަސައިޒް "ދޯސްތީ" މިއަދު ފަށަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ބުނެފި އެވެ.

އެކްސަސައިޒް ދޯސްތީއަކީ ރާއްޖެއާ އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރުށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ގައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދަސްކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

މި އެކްސަސައިޒްގެ ފަރިތަ ކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކޮން ސަރަހައްދެއްގައި ކަމެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެ އެވެ.

އެމްއެންޑީއެފުން ބުނީ އެކްސަސައިޒް ދޯސްތީ-15 ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 24 ގެ ނިޔަލަށް ކަމަށެވެ. މި އެކްސަސައިޒުގައި ބައިވެރި ވުމަށް އިންޑިއާ ކޯސްޓުގާޑް-އައިސީޖީއެސް ވަޖްރާ އާއި އައިސީޖީއެސް އަޕޫރްވާގެ އިތުރުން އެސްއެލްސީޖީއެސް-ސުރަކްޝާ ވަނީ ރާއްޖެ އައިސްފަ އެވެ.

މީގެ 30 އަހަރު ކުރިން 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފަށާފައިވާ އެ އެކްސްސައިޒަށް މި އަހަރު 30 އަހަރު ފުރޭނެ އެވެ. މި އެކްސަސައިޒްގައި ސްރީލަންކާ ބައިވެރިވެފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މި އެކްސަސައިޒް އެންމެ ފަހުން ބާއްވާފައިވަނީ 2018ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.