Advertisement

ކްރޫޒްލައިނާ ނާންނަނީ ފީ ބޮޑުވެގެން ކަމެއް އެމްޕީއެލް އަށް ނާންގާ, މަޝްވަރާއަށް ތައްޔާރު

18 ނޮވެންބަރު 2021 - 14:23 0

އަމަން ހަލީމް

އަމަން ހަލީމް

"އެމްއެސް ނޯޓިކާ" މާލެ ކައިރީ އަޅާފައި: ކޮވިޑުގެ ކުރިން ރާއްޖެއަށް ދޭތެރެއަކުން ބޮޑެތި ކްރޫޒްލައިނާތައް އާދޭ. -- ފޮޓޯ: ޓްރެވަލް ޓްރޭޑް މޯލްޑިވްސް


ކްރޫޒްލައިނާ ނާންނަނީ ފީ ބޮޑުވެގެން ކަމެއް އެމްޕީއެލް އަށް ނާންގާ, މަޝްވަރާއަށް ތައްޔާރު

18 ނޮވެންބަރު 2021 - 14:23 0

ކްރޫޒްލައިނާތައް ރާއްޖެ އައުން ހުއްޓާލީ އަންނަ ބޯޓުފަހަރުތަކުން ނަގާ ޕައިލެޓޭޖް ފީތައް ބޮޑުވެގެން ކަމަށް ޝިޕިން އެޖެންޓުން ބުނި ނަމަވެސް، މިހާތަނަށް އެކަމުގެ އެއްވެސް މައުލޫމާތެއް އެމްޕީއެލް އާ ހިއްސާކޮށްފައި ނުވާކަމަށް އެ ކުންފުނިން މިއަދު އެވެ.

އެމްޕީއެލް އަށް ކުރާ ތުހުމަތުތަކަށް ރަައްދު ދެމުން އެ ކުންފުނިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ވޭތުވި އަހަރުތަކުގެ ތެރޭގައި އެ ކުންފުނިން ޕައިލެޓޭޗް ޗާޖުތަކަށް ބަދަލު ގެނެއީ، ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކާ އެކަމާ ގުޅޭ މަޝްވަރާތައް ކުރުމަށްފަހު ކަމަށެވެ. އަދި އަގަށް ބަދަލު ގެނައީ އެ މައުލޫމާތު ހިއްސާކުރުމަށްފަހު ކަމަށް ބުންޏެވެ.

މިކަމުގައި އެމްޕީއެލްގެ ގޯސްތަކެއް އޮތްކަމަށް ބުނި ނަމަވެސް، މިހާތަނަށް ކްރޫޒްލައިނާތަކުގެ ޕައިލެޓޭޖް ފީ ބޮޑު ކަމުގެ ޝަކުވާއެއް ކަންބޮޑުވުމެއް އެ ކުންފުންޏާ ހިއްސާނުކުރާ ކަމަށް ބުންޏެވެ.

އެމްޕީއެލް އިން އިތުރަށް ބުނީ އަގުތަކާ ގުޅޭ މައްސަލައެއް އޮތް ނަމަ މަޝްވަރާކުރަން ތައްޔާރަށް އޮތް ކަމަށެވެ. މިހާރު ވެސް އެ ކުންފުނިން ދާއިރާގައި އުޅޭ މީހުންނާ އެކީ އެ މަޝްވަރާތައް ފަށާފަ އެވެ.

ޕައިލެޓޭޖް ފީތައް ކުޑަކުރަން މަޝްވަރާކުރި ނަމަވެސް މިހާރު ނަގަމުންދާ ޓެރިފް ރޭޓުތައް އެމްޕީއެލް އިން ދިފާއުކުރި އެވެ. އަދި ބުނީ މިހާރު ޕައިލެޓޭޖް ފީގެ ގޮތުގައި ނަގާ އަދަދަކީ ސަރަހައްދީ ޕޯޓުތަކުން ނަގާ އަދަދަށް ވުރެ ކުޑަ ކަމަށެވެ.

ކްރޫޒްލައިނާތަކުގެ ފީތަކުގެ އިތުރުން އާގުބޯޓު ފަހަރުން ނަގާ ފީތައް ބޮޑުކުރުމުން މުދަލުގެ އަގު ބޮޑުވަމުުންދާ ކަމަށް ބައެއް ވިޔަފާރިވެރިންގެ ޝަކުވާ އެބަހުއްޓެވެ. އޭގެ ތެރޭގައި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އާއި އެ ކުންފުނީގެ ސަބްސިޑަރީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ އިސްވެރިން ހިމެނެ އެވެ.

އެކަމަކު އެ މައްސަަލައިގައި އެމްޕީއެލްގެ އިސްވެރިން މަޖިލިހުގެ އިގުތިސޯދީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމުން ބުނީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެ ކުންފުނިން ހިންގާ ބަނދަރަކަށް އަންނަ އާގުބޯޓު ފަހަރުން ނަގާ ފީތައް ބޮޑު ނުކުރާ ކަމަށެވެ.