Advertisement

ލިވިން އެކްސްޕޯއާއެކު، ކޯނޭ ލިފްޓުގެ ހާއްސަ ޕްރޮމޯޝަނެއް!

18 ނޮވެންބަރު 2021 - 13:33 0


ލިވިން އެކްސްޕޯއާއެކު، ކޯނޭ ލިފްޓުގެ ހާއްސަ ޕްރޮމޯޝަނެއް!

18 ނޮވެންބަރު 2021 - 13:33 0

އެސްޓީއޯއިން އެތެރެކޮށް ވިއްކާ ކޯނޭ ލިފްޓުގެ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށާނެ އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ހަވީރު ފަށާ މޯލްޑިވްސް ލިވިން އެކްސްޕޯގެ އެސްޓީއޯގެ ސްޓޯލަށް ޒިޔާރަތްކޮށް، ލިފްޓެއް ގަންނަ ފަރާތްތަކަށް ފިލްޓް ހިލޭ އިންސްޓޯލް ކޮށްދޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ ލިވިން އެކްސްޕޯ ކުރިއަށްދާ މުއްދަތަށެވެ. އެއީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

ލިފްޓް ގަންނަ ފަރާތްތަކުން ބޭނުންވާ ގޮތަށް ވަގުތުން ލިފްޓް ޑިޒައިން ކޮށްލުމުގެ އިންތިޒާމު ވެސް އެސްޓީއޯގެ ސްޓޯލްގައި ވަނީ ހަމަޖެހިފައިއެވެ. އަދި ބޭނުންވާ ޑިޒައިން އަށް ފަރުމާކުރާ ލިފްޓުގެ ޑިޖިޓަލް މޮޑެލް ބަލާލެވޭނެ އެވެ.

ފިންލޭންޑްގެ އުފެއްދުމެއް ކަމަށްވާ ކޯނޭގެ ޑިޒައިންތަކަށް ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ "ރެޑް ޑޮޓް ޑިޒައިން އެވޯޑް" އެކި ފަހަރު މަތިން ލިބިފައިއެވެ.

އެސް.ޓީ.އޯއިން ދާދި ފަހުން ވަނީ ކޯނޭގެ ޓަޗްލަސް ސިގްނަލައިޒޭޝަން ވެސް ރާއްޖޭގެ ރާއްޖޭގެ ބާޒާރަށް ތައާރަފު ކޮށްފައިއެވެ. މިއީ ކަސްޓަމަރުންގެ އިތުބާރު އެންމެ ބޮޑަށް ލިބިފައިވާ އެއް ލިފްޓު ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.