Advertisement

އެއާޕޯޓް ކާރޫބާރޫބޮޑުވެ، މަތީގައި 45 މިނެޓު އޮންނަން ޖެހިދާނެ

18 ނޮވެންބަރު 2021 - 10:15 0

އެއާޕޯޓުގައި މަތިންދާބޯޓުތަކެއް ޕާކުކޮށްފައި.


އެއާޕޯޓް ކާރޫބާރޫބޮޑުވެ، މަތީގައި 45 މިނެޓު އޮންނަން ޖެހިދާނެ

18 ނޮވެންބަރު 2021 - 10:15 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކެޕޭސިޓީ އިތުރުކުރަމުން ގެންދާ މަސައްކަތްތަކުގެ ސަބަބުން ޕީކް ވަގުތުތަކުގައި ކާރުބާރޫބޮޑުވެ ފްލައިޓްތައް ޑިލޭވެ އަދި ޑައިވާޓްކުރަން ޖެހިދާނެ ކަމުގެ އިންޒާރާ އެކު އެކަމަށް ސަމާލުވާން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއާލައިންތަކަށް އަންގައިފި އެވެ.

ޔޫރަޕުގެ ފިނިމޫސުމާ އެކު ރާއްޖެ އަށް ފެށޭ ޓޫރިޒަމް ހައި ސީޒަނާ ދިމާކޮށް ކުރިމަތިވާ މި ބާރުގަނޑު،އަންނަ އަހަރުގެ މާޗު 31 ވަނަ ދުވަހުގެ ނިޔަލަށް ދެމި އޮންނާނެ ކަމުގެ އިޝާރާތެއް އެމްއޭސީއެލް އިން ވަނީ ދީފަ އެވެ.

އެމްއޭސީއެލް އިން އެއާލައިންތަކަށް ފޮނުވި ސާކިއުލާއަކާ ހަވާލާދީ އޭވިއޭޝަންގެ މައުލޫމާތުތައް ގެނެސް ޗެވިއޭޝަން އިން ބުނި ގޮތުގައި ރަންވޭ އިން ޖާގަ ނުލިބި މަތީގައި އުދުހެން ޖެހޭނެތީވެ، އެކަމަށްޓަކައި މަދުވެގެން 45 މިނެޓަށް ވާވަރަށް އިތުރަށް ތެޔޮ އަޅާފައި ބެހެއްޓުމަށް ވެސް އަންގާފައިވާ ކަމަށެވެ. އެމްއޭސީއެލް އިން ވަނީ ޕާކިން އަށް ލިމިޓެޑް ޖާގަތަކެއް ހުންނާތީ ދީފައިވާ ވަގުތަށް އެއާލައިންތަކުން ވަރަށް ބޮޑަށް ސަމާލުވާން ވެސް އެދިފަ އެވެ. އަދި އެފަދަ ވަގުތުތަކުގައި އިސްކަންދެވޭނީ ޝެޑިއުލަށް ދަތުރުކުރާ ފްލައިޓްތަކަށް ކަމަށް ވެސް ސާކިއުލާގައި ބުނެފައިވެ އެވެ.

ޗެވިއޭޝަން އިން ބުނި ގޮތުގައި އެމްއޭސީއެލް އިން ގެނައި ބަދަލުތަކުގެ ސަބަބުން ސްވިޒަލެންޑުގެ އެޑުލްވައިސް އިން ވަނީ ފިނިމޫސުމުގައި ރާއްޖެ އަށް ކުރާ ޝެޑިއުލް ދަތުރުތަކަށް ބަދަލު ގެނެސްފަ އެވެ. އަދި ރާއްޖޭގެ އެއާޓްރެފިކަށް އަންނަ ބަދަލުތަކާ އެކު އެއާލައިންތަކުގެ އެހެން ދަތުރުތަކަށް ފުށުއަރައި ބައެއް ފްލައިޓްތައް ކެންސަލްވުމުގެ ފުރުސަތު އެބައޮތެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެއާޕޯޓުގައި ތަރައްގީކުރި އާ ރަންވޭ އަދިވެސް ބޭނުންކުރަން ނުފަށާތީ ޓޫރިޒަމްގެ ހައި ސީޒަނުގައި އެއާޕޯޓް ބާރޫބޮޑުވާނެ ކަމަށް ތަޖުރިބާކާރުން ވަނީ ކުރިން ވެސް ލަފާކޮށްފަ އެވެ. އެންމެ ބޮޑު މަތިންދާބޯޓުތައް ޖެއްސޭނެ ޖާގައާ އެކު ތަރައްގީކުރި އާ ރަންވޭ ނުހުޅެވެނީ، ސީޕްލޭން ޓާމިނަލްއާ ދިމާވާތީ ޖާގަތަކެއް ގެއްލޭތީވެ އެވެ. އާ ޓާމިނަލް ނިމިފައިވީ ނަމަވެސް އެތަނަށް އަދި ބަދަލެއް ނުވެ އެވެ.

އަނެއްކޮޅުން އެކަށީގެންވާ ޓާމިނަލެއް ނެތުމުން ވެސް އެއާޕޯޓުގެ ހިދުމަތަށް ބޮޑު ބުރުލެއް އަރަ އެވެ. އަހަރަކު 7.8 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ވަރަށް، 1 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ އާ ޓާމިނަލުގެ މަސައްކަތް އަދި ނުނިމެ އެވެ. އެކަމަކު ހުޅަނގު ފަރާތުގައި އާ އޭޕްރަންއެއް މި މަހު 4 ވަނަ ދުވަހު ހުޅުވާފައިވާތީވެ ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އަންގައިގެން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުވާޓް ވަނީ ދާދި ފަހުން މަގާމުން ވަކިކޮށްފަ އެވެ.