Advertisement

ގާސިމްގެ ދޫދެއްވުމުގެ ސިޔާސަތަކީ މި ސަރުކާރުގެ ކާމިޔާބީގެ ސަބަބެއް: ޖުމްހޫރީ ޕާޓީ

17 ނޮވެންބަރު 2021 - 12:29 2

ރައީސް ސޯލިހު (ކ) އާއި ގާސިމް އިބްރާހީމް.


ގާސިމްގެ ދޫދެއްވުމުގެ ސިޔާސަތަކީ މި ސަރުކާރުގެ ކާމިޔާބީގެ ސަބަބެއް: ޖުމްހޫރީ ޕާޓީ

17 ނޮވެންބަރު 2021 - 12:29 2

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެންގުޅުއްވާ ދޫދެއްވުމުގެ ސިޔާސަތަކީ މި ސަރުކާރުގެ ކާމިޔާބީގެ ސަބަބެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަދި ތިމާވެށްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ކޯލިޝަން ސަރުކާރެއް ހިންގެވުމުގެ ނަމޫނާ ދައްކަވަމުން ވެރިކަން ހިންގަވަމުންގެންދަވާ ހިކުމަތްތެރި ރައީސެއް ކަމަށެވެ.

"(ރައީސް ސޯލިހަކީ) ސިޔާސީ ޕާޓީތަކުގެ ނިޒާމުން ވެރިކަން ހިންގުން ރާއްޖެއަށް މުޅިން އަލަށް ތައާރަފުވެ މަލްޓި-ޕާޓީގެ ވެރިކަމުގެ ނިޒާމުން ވެރިކަންކުރުން ރާއްޖޭގައި ގާއިމުވިތާ މިވީ 13 އަހަރަށް ބަލާއިރު، ވެރިކަން ލިބިވަޑައިގެންނެވި އިއްތިހާދުތައް ވަކިވަކިނުވެ، ވެރިކަން ހޯދުމަށް ގުޅިގެން ކުރެވުނު ކެންޕޭނުގެ މަގުސަދުތައް ހާސިލުވަނިވި ގޮތްތަކަށް ވެރިކަން ބައްޓަން ކުރައްވައިގެން އިއްތިހާދުގެ ވެރިކަން ކުރައްވަމުންގެންދަވާ ރައީސް،" އަލީ ވިދާޅުވި އެވެ.

ކޯލިޝަނަކުން މެނުވީ ރިޔާސީ ނިޒާމުގައި މި ރާއްޖޭގައި ހަމަޖެހުމާއެކު ވެރިކަން ކުރެވެން ނެތްކަން ފާހަގަކުރައްވައި އަލީ ވިދާޅުވީ ކޯލިޝަން ވެރިކަން ކުރައްވަން އެންމެ ފައްކާ ރައީސަކީ ވެސް ސޯލިހު ކަމަށެވެ.

އަލީ ވިދާޅުވީ ރައީސް މި ތިން އަހަރު ކޯލިޝަން ދެމެހެއްޓުމަކީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުންގޮތް ހަދުމަފުޅު ހުންނެވި ކަމުގެ ސާބިތު ހެއްކެއް ކަމަށެވެ.

"އަޅުގަޑު ދެކޭ ގޮތުގައި ރާއްޖޭގައި މި ފަހުން ފެށުން މަލްޓި ޕާޓީ ޑިމޮކްރެޓިކް ހަޔާތުގައި 13 އަހަރުގެ ތެރޭގައި އެހެން ރައީސުންނަށް ފައިނަލާ ހަމަޔަށް ވަޑައިނުގެންނެވުނު ތަނުގައި ދެވަނަ ބުރަށް ވެސް ވަޑައިގެންނެވިފައި ނުވޭ. ކޯލިޝަން ދެމެހެއްޓުމުގެ ނަމޫނާ ދައްކަވަމުން ރައީސް ސޯލިހު މިވަނީ ކޯލިޝަންގެ ފައިނަލަށް ވަޑައިގެން މިރޭސް ނިންމަވާ ޗެމްޕިއަން ލީޑަރުގެ ހައިސިޔަތުގައި،" އޭނާ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ މި ސަރުކާރު އަދި ކުރީގެ ސަރުކާރުތަކާ އަޅާ ކިޔާއިރު ސިޔާސީ ހަމަޖެހުމަށް ރައީސް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމަށެވެ. އަދި ތަފާތު ސިޔާސަތުތަކެއް ހުރި ލީޑަރުންތަކަކާ އެކު ކޯލިޝަން ދެމެހެއްޓެވުމާއި ގައުމުގެ އެންމެމަތީ ވެރިކަން ކުރެއްވުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި ރައީސް ސޯލިހުގެ ތަބީއަތުގައިވާ މެދުމިންކަމާއި ކެތްތެރިކަމާއި ހިކުމަތްތެރިކަން އެއި މި ބޮޑު ކާމިޔާބީގެ މައިގަޑު ސަބަބު ކަމަށް އަލީ ވިދާޅުވި އެވެ.

ގާސިމް ގެންގުޅުއްވާ ދޫދެއްވުމުގެ ސިޔާސަތަކީ މިސަރުކާރުގެ ކާމިޔާބީގެ ސަބަބެއްކަން ފާހަގަކުރައްވައި އެކަމުގެ ހެއްކަކަށް އޭނާ ދެއްކެވީ ޕާޓީއަށް ދޭން އެއްބަސްވި އަދަދަށް ސިޔާސީ މަގާމުތައް ނުލިބުނު ނަމަވެސް ރައީސް ސޯލިހުގެ ވެރިކަން ދަމަހައްޓަން އެއްބާރުލުން ދޭނެ ކަމަށް ގާސިމް ވިދާޅުވެފައިވާ ވިދާޅުވުމެވެ.