Advertisement

ޓޭލާ ސްވިފްޓް އަލުން ރެކޯޑު ކުރި "ރެޑް" އާ އެކު ރިކޯޑުތަކެއް

15 ނޮވެންބަރު 2021 - 10:47 1

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް


ޓޭލާ ސްވިފްޓް އަލުން ރެކޯޑު ކުރި "ރެޑް" އާ އެކު ރިކޯޑުތަކެއް

15 ނޮވެންބަރު 2021 - 10:47 1

ޓޭލާ ސްވިފްޓް ގެ ކާމިޔާބު އަލްބަމް "ރެޑް" ގެ ރީ-ރިކޯޑެޑް އަލްބަމާއި އެކު މުޅި އިންޓަނެޓް ގުގުމާލައިފި އެވެ.

ނޮވެމްބަރު 12 ގައި ރިލީޒްކުރި މި އަލްބަމް ވަނީ ސްޕޮޓިފައިގައި ތާރީހީ ރެކޯޑްތަކެއް ހޯދާފަ އެވެ.

ގްރެމީ އަށް ނޮމިނޭޓްވި ކާމިޔާބު އަލްބަމް "ރެޑް ފުރަތަމަ ރިލީޒްކުރެވުނީ 2012 ގަ އެވެ. އޭގެ ފަހުން މުޅި އަލްބަމް އަލުން ރެކޯޑްކުރެވި ރިލީޒްކުރެވުނީ "ޓޭލާސް ވާޝަން" ގެ ނަމުގަ އެވެ.

ސްޓްރީމިން ޕްލެޓްފޯމް ސްޕޮޓިފައި އިން ހާމަކޮށްފައިވާ ގޮތުގައި ފުރަތަމަ ދުވަހު އެކަނިވެސް 90.8 ބިލިއަން ފަހަރު މި އަލްބަމް ސްޓްރީމްކޮށްފައިވެ އެވެ. މިއީ މިހާތަނަަށް އެއް ދުވަސްތެރޭ އެންމެ ގިނަ ބަޔަކު ސްޓްރީމްކުރި އަންހެން ފަންނާނުގެ އަލްބަމެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ 80.6 ބިލިއަން ސްޓްރީމްއާ އެކު ހަމަ ޓޭލާ ސްވިފްޓްގެ ފޯކްލޯ އަލްބަމް އަތުގަ އެވެ.

ހަމައެއާ އެކު, ބިލްބޯޑުން ހާމަކޮށްފައިވާގޮތުން 122.9 ސްޓްރީމިން އާއެކު ޓޭލާ ސްވިފްޓް ވެފައިވަނީ ސްޕޮޓިފައިގެ ތާރީހުގައި ވެސް އެއް ދުވަސްތެރޭ އެންމެ ގިނަބަޔަކު ސްޓްރީމްކުރި އަންހެން ފަންނާނަށެވެ.

ރެޑްގެ ލަވަތައް އަލަށް ރިކޯޑުކުރުމުގެ އިތުރަށް ޓޭލާ ސްވިފްޓް ވަނީ އެންމެ ގިނަ ބަޔަކަށް އަލްބަމް އިން ކަމުދިޔަ އެއް ލަވަކަމުގައިވާ "އޯލް ޓޫ ވެލް" ލަވައަށް 10 މިނިޓުގެ ކުރު ފިލްމެއްވެސް ތައްޔާރު ކޮށްފަ އެވެ. އޯ ބްރައިން އާއި ސްޓްރޭންޖާ ތިންގްސް އިން މަގުބޫލުކަން ހޯދި ސޭޑީ ސިންކް އަދި ޓޭލާ ސްވިފްޓް ފެނިގެންދާ މި ކުރު ފިލްމު ޔޫޓިއުބްގައު ރިލީޒްކޮށްފައިވާއިރު މިހާތަނަށް 2.3 ކްރޯޑް ވިއުސް ލިބިފަ އެވެ. މިއީ ޓޭލާ ސްވިފްޓްގެ ފުރަތަމަ މިފަދަ ޑައިރެކްޝަން އެވެ.

މީގެ އިތުރުން 30 ޓްރެކް ހިމެނޭ މި އަލްބަމްގެ "އައި ބެޓް ޔޫ ތިންކް އަބައުޓް މީ" މިއަދުގެ ވަގުތެއްގައި ރިލީޒްކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. ޓޭލާ ސްވިފްޓް ބުނާގޮތުގައި މި އަލްބަމްގެ ލަވަތަކުގައި މުޅިން ވެސް ހިމެނޭނީ އޭނާގެ އަމިއްލަ ހަޔާތާއި ބްރޭކްއަޕްތަކުގެ ވާހަކަ އެވެ.

ޓޭލާ އޭނާގެ ކުރީގެ ހުރިހާ އަލްބަމެއް އަލުން ރިކޯޑުކުރަމުން ދަނީ ޖަސްޓިން ބީބާގެ މެނޭޖާ ސްކޫޓާ ބްރޯން 2019 ގައި ޓޭލާ ސްވިފްޓްގެ ކުރީގެ ލޭބަލް "ބިގް މެޝިން" ގަނެ, ޓޭލާ ސްވިފްޓްގެ މާސްޓާސްތައް ބޮޑު އަގުގައި އިންވެސްޓްމަންޓް ފަންޑްއަކަށް ވިއްކާފައިވާތީ އަމިއްލަ ލަވަތަކުގެ ފުލް ކޮންޓްރޯލް ހޯދުމަށެވެ.