Advertisement

ޔަމަން ހަނގުރާމަ: ހުދައިދާ ބަނދަރާ ކައިރިން ބޮޑު ހިސާބެއް ހޫތީންގެ އަތް ދަށަށް ހިނގައްޖެ

13 ނޮވެންބަރު 2021 - 10:27 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހުދައިދާ ބަނދަރު.


ޔަމަން ހަނގުރާމަ: ހުދައިދާ ބަނދަރާ ކައިރިން ބޮޑު ހިސާބެއް ހޫތީންގެ އަތް ދަށަށް ހިނގައްޖެ

13 ނޮވެންބަރު 2021 - 10:27 0

ދުބާއީ، ޔޫއޭއީ (ނޮވެމްބަރު 13) - ޔަމަނުގެ އިގްތިސާދަށް މުހިއްމު ބަނދަރެއް ކަމަށްވާ ހުދައިދާ ޕޯޓް ކައިރިން ބޮޑު ސަރަހައްދެއް ހޫތީ ހަނގުރާމަވެރިންގެ އަތް ދަށަށް ހިނގައްޖެ އެވެ.

އިރާނުގެ އެހީއާއެކު އުޅޭ ހޫތީންނާއި ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުގެ އެހީއާ އެކު އުޅޭ ޔަމަން ސަރުކާރުގެ ފައުޖުތަކުން 2018 ވަނަ އަހަރު އެއްބަސްވީ ހުދައިދާ ޕޯޓު ކައިރީގައި ހަމަލާ ނުދިނުމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހޫތީން އެ ހިސާބަށް ގޮސް ބޮޑު ސަރަހައްދެއް އެ މީހުންގެ ބާރުގެ ދަށަށް ގެންދިޔައީ ސަރުކާރުގެ ފައުޖުތަކުން ބަނދަރާ ދުރަށް ޖެހުމުންނެވެ. ނަމަވެސް ސިފައިން ދުރަށް ދިޔަ ސަބަބު ސާފެއް ނުވެ އެވެ.

ހުދައިދާ ބަނދަރު ކައިރީގައި ހަނގުރާމަ ނުކުރަން 2018 ވަނަ އަހަރު އެއްބަސްވީ ޔަމަނު ހަނގުރާމައާ ގުޅިގެން ސްވިޑަންގައި އެންމެ ފަހުން ބޭއްވި ސުލްހައިގެ މަޝްވަރާތަކުގަ އެވެ.

ނަމަވެސް އޭގެ ފަހުން ހުދައިދާ ބަނދަރު ކައިރި އާއި ވަށައިގެންވާ އެހެން ސިޓީތަކުގައި ވެސް ސިފައިންނާއި ހޫތީންނާ ދެމެދު ވަރުގަދަ އަށް ދަނީ ހަމަލާ ބަދަލުކުރަމުންނެވެ.

ޔަމަނު ހަނގުރާމައިގައި މި ވަގުތު އެންމެ ގިނަ ހަމަލާތައް ހިނގަމުން ދަނީ އެ ގައުމުގެ އުތުރުގައި އޮންނަ މަރިބް ސިޓީ ކައިރިންނެވެ. އެ ސިޓީ އަކީ އުތުރުގައި ސަރުކާރުގެ ބާރު ހިނގާ މައި މަރުކަޒެވެ. އެހެންވެ، އެ ތަން ހިފިއްޖެ ނަމަ މުޅި އުތުރު ހޫތީންނަށް ލިބޭނެ އެވެ.

އދ. އިން ބުނީ ހުދައިދާ ބަނދަރު ކައިރި އަށް ހޫތީންގެ ކޮންޓްރޯލް ފެތުރުނުކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށާއި ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ.

"ހަމަނުޖެހުމުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ވެސް އަޅުގަނޑުމެން މި ގޮވާލަނީ ކޮންޓްރޯލް ބަދަލުވާ ހިސާބުތަކުގައި އުޅޭ މީހުން ސަލާމަތްތެރިކަން ކަށަވަރުކުރުމަށް،" އދ. ގެ ސެކެޓްރީ ޖެނެރަލްގެ ޑެޕިއުޓީ ތަރުޖަމާން ފަރްހާން ހައްގު ވިދާޅުވި އެވެ.

ޔަމަނު ހަނގުރާމަ ފެށީ މީގެ ހަތް އަހަރު ކުރިން އެ ގައުމުގެ އިންތިހާބީ ސަރުކާރާ ދެކޮޅަށް ހޫތީން ނުކުމެ، ވަކި ސަރުކާރެއް ގާއިމްކުރުމުންނެވެ. ހަނގުރާމައިގެ ތެރެއިން ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން ވަނީ 2015 ވަނަ އަހަރު ހޫތީން ވެރިރަށް ސަނާ ހިފުމުންނެވެ.

އެ ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެފައި ވާއިރު އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އދ. އިން ސިފަކުރާ ގޮތުގައި ޔަމަނުގައި މި ވަގުތު އޮތީ ދުނިޔޭގެ އެންމެ ގޯސް އިންސާނީ ކާރިސާ އެވެ.