Advertisement

ދިގު މުއްދަތަކަށް ހިދުމަތް ކުރުމުގެ އިނާމު 117 މުވައްޒަފަކަށް ދީފި

11 ނޮވެންބަރު 2021 - 01:02 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ޝަރަފުވެރި އިނާމު ލިބިވަޑައިގެންނެވި ބޭފުޅަކަށް ރައީސް އެވޯޑް ހަވާލުލޮށްދެއްވަނީ: ޖުމްލަ 117 މުވައްޒަފަކަށް އެވޯޑު ލިބުނު -- ފޮޓޯ: ރައީސް އޮފީސް


ދިގު މުއްދަތަކަށް ހިދުމަތް ކުރުމުގެ އިނާމު 117 މުވައްޒަފަކަށް ދީފި

11 ނޮވެންބަރު 2021 - 01:02 0

ސަރުކާރަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 117 މުވައްޒަފަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޑަނަ އާއި މެޑަލް ދެއްވައިފި އެވެ.

މިއީ، ސަރުކާރަށް 35 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މީހުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ތައާރަފްކުރި ޝަރަފުވެރި އިނާމެވެ.

މިރޭ އިނާމު ލިބިވަޑައިގެންނެވި 117 މީހުންގެ ތެރޭގައި 50 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި ފަސް ބޭފުޅަކު ހިމެނެ އެވެ. އެއީ، 56 އަހަރު ދުމަތް ކުރެއްވި، މިހާރު ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގޭގެ ސީނިއާ ސުޕަވައިޒަރު، ކޮންސަލްޓަންސީގެ މަގާމުގައި ހުންނެވި އިބްރާހީމް ޒަކީ އާއި، 52 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި ކާނަލް (ރިޓަޔަޑް) ރަންވިއްކާ އާދަމް މަނިކާއި، 51 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި މާފަންނު ގިނަވެލި ލެފްޓިނަންޓް (ރިޓަޔަޑް) އުމަރު މުހައްމަދެވެ. އަދި 50 އަހަރު ކުރެއްވި, މިހާރު ވެސް ރައިސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ޗީފް، ވީއައިޕީ ވެއިޓަރު، ކޮންސަލްޓަންސީގެ މަގާމުގައި ހުންނެވި އިބްރާހީމް ހަލީމާއި 50 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުން، ވަކިވެވަޑައިގެންނެވި މާފަންނު ކުންނުމަލާ ފާއިޒާ އަބްދުލްގާދިރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މިރޭ އިނާމު ލިބުނު 117 މުވައްޒަފުންގެ ތެރެއިން 32 މީހުންނަކީ އަންހެނުން މުވައްޒަފުންނެވެ.