Advertisement

ވޯލްޑް ކަޕްގެ މެދުއިރުމައްޗާއި އެފްރީކާގެ ޓެލެކޮމް އޮޕަރޭޓަރަކަށް އުރީދޫ

8 ނޮވެންބަރު 2021 - 21:21 0


ވޯލްޑް ކަޕްގެ މެދުއިރުމައްޗާއި އެފްރީކާގެ ޓެލެކޮމް އޮޕަރޭޓަރަކަށް އުރީދޫ

8 ނޮވެންބަރު 2021 - 21:21 0

ދޯހާ (8 ނޮވެމްބަރު) - ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ މެދުއިރުމައްޗާއި އެފްރިކާގެ ޓެލެކޮމް އޮޕަރޭޓަރަކަށް، ވަރުގަދަ ޓެލެކޮމް ކުންފުނި އުރީދޫ ހަމަޖައްސައިފި އެވެ.

މީގެ އިތުރުން، ގަތަރަށް ނިސްބަތްވާ އުރީދޫ ވަނީ މި މަހުގެ 30 އިން 18 ޑިސެމްބަރަށް ގަތަރުގައި ބާއްވާ ފީފާ އަރަބް ކަޕްގެ ޓެލެކޮމް އޮޕަރޭޓަރަކަށް ވެސް ހަމަޖައްސައިފަ އެވެ.

މި ފަހަކަށް އައިސް، ފީފާގެ މުބާރާތްތަކުގައި އުރީދޫގެ ބައިވެރިވުން ވަނީ އިތުރުވެފަ އެވެ. އެގޮތުން، 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގައި ވެސް ނެޝަނަލް ސަޕޯޓަރެއްގެ ގޮތުގައި އުރީދޫ ބައިވެރިވި އެވެ.

ފީފާގެ ޑިރެކްޓަރ އޮފް ކޮމާޝަލް ރެވެނިއު ނިކް ބްރައުން ވިދާޅުވީ ފީފާގެ މުބާރާތެއްގައި އުރީދޫގެ ބައިވެރިވުން އޮތުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ފީފާ ކްލަބް ވޯލްޑް ކަޕްތަކުގައި ވެސް އުރީދޫއާއެކު ރަނގަޅު ތަޖުރިބާއެއް ކުރެވުން ކަމަށެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ، ޝޭހު ނާސެރް ބިން ހަމަދު އަލް ތާނީ ވިދާޅުވީ މިއީ ފީފާއާއެކު މަސައްކަތްކުރުމުގެ އިތުރު ފުރުސަތު އުރީދޫ އަށް ލިބުމަކީ ފަހުރެއް ކަމަށެވެ.

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕަކީ މެދުއިރުމަތީގެ ގައުމެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ.

މި މަހުގެ ފަހުކޮޅު ގަތަރުގައި ފަށާ ފީފާ އަރަބް ކަޕްގައި މެދުއިރުމަތީގެ 16 ގައުމަކުން ވާދަކުރާނެ އެވެ. މިއީ އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ކުރިން، ގަތަރު ތައްޔާރުވެފައިވާ އޮތް މިންވަރު ވަޒަންކޮށްލެވޭނެ މުބާރާތެކެވެ.

އުރީދޫ އަކީ މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގައި ޓެލެކޮމްގެ ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާއެކު އޭޝިއާގެ ބައެއް އެހެން ގައުމުތަކުގައި ވެސް އުރީދޫން ހިދުމަތް ދެ އެވެ.

އުރީދޫ އަކީ ފްރާންސްގެ މަޝްހޫރު ކްލަބް ޕީއެސްޖީ އާއި މިހާރު އެ ޓީމަށް ކުޅެމުންދާ އާޖެންޓީނާގެ ފޯވަޑް ލިއޮނަލް މެސީގެ ސްޕޮންސަރެކެވެ.