Advertisement

އައި ފިލްމްސް އާއި ކަޒްމިކްގެ އަންނަން ހުރީ ސަޅި މަސައްކަތް

9 ނޮވެންބަރު 2021 - 08:43 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

ފިލްމް ނީނާގެ ޕޯސްޓަރެއް, މިއީ އައި ފިލްމްސްގެ ދެ ވަނަ ފިލްމު


އައި ފިލްމްސް އާއި ކަޒްމިކްގެ އަންނަން ހުރީ ސަޅި މަސައްކަތް

9 ނޮވެންބަރު 2021 - 08:43 0

ފިލްމީ މަސައްކަތްތައް ވެސް ސްޓްރީމިން ޕްލެޓްފޯމުތަކަށް ބަދަލުވެފައި ވާއިރު، މި ދުވަސްވަރު އެންމެ އަވަދިނެތި މަސައްކަތް ކުރާ އެއް ޕްރޮޑަކްޝަން ހައުސް އަކީ އިލްޔާސް ވަހީދު (އިއްލެ) ގެ އައި ފިލްމްސް އާއި އޭނާގެ ބައިވެރިވުން ހިމެނޭ ކަޒްމިކް އިންޓަނޭޝަލް އެވެ. އައި ފިލްމްސްގެ "ބަވަތި" އަށް ލިބުނު ބޮޑު ތަރުހީބާއެކު މިދިޔަ އަހަރު އޮލިމްޕަހުގައި އަޅުވަން ތައްޔާރުކުރި "ނީނާ" ގެ އިތުރުން, ބޮޑެތި މަސައްކަތްތަކެއް ވަނީ ތާވަލުކުރެވިފަ އެވެ.

ބިރުވެރި ވާހަކަ: 50 ޕަސެންޓް މަސައްކަތް ނިމިފައި 

އައި ފިލްމްސްއިން އެންމެ ބޮޑު ފޯކަސްއެއް މި ވަގުތު ދެމުން އަންނަ އެއް ޕްރޮޖެކްޓަކީ "ބިރުވެރި ވާހަކަ" އެވެ. ސައިކޮލޮޖިކަލް ތުރިލާއަކާއި އެކްޝަން ތުރިލާއަކަށް ފަހު ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ މި ސީރީޒް ބަލާލުމަށް މިހާރު ވެސް ގިނަ ބަޔަކު ވަނީ ކެތްމަދުވެފަ އެވެ.

ޖުމްލަ 15 އެޕިސޯޑު ހިމެނޭ މި ސީރީޒް އަންނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައި ވާއިރު، ވަކި ތާރީހެއް އަދި ކަނޑަނާޅަ އެވެ. ހާއްސަ އޮޑިޝަނެއް ބޭއްވި އާ މޫނުތަކެއްގެ ހުނަރާއެކު ސިރީޒް ފެނިގެން ދާއިރު މުހިންމު ރޯލުތަކުގައި ޝަރާ އާދަމް އާއި މަރިޔަމް ވަހީދާ ގެ އިތުރުން "ނީނާ" އިން ތައާރަފު ވާ އެކްޓަރު ޝަރަފް އަބްދުﷲ އަދި މަރިޔަމް ޝަކީލާ ވެސް ހިމެނެ އެވެ. 

މަޒްލޫމް ޗެޕްޓާ 3 ޓްރެއިލާ --


މަޒްލޫމް: ތަފާތު، މޮޅު މަސައްކަތެއް

ބައިސްކޯފުގައި ސްޓްރީމް ކުރަމުންދާ މި އެންތޮލޮޖީގެ ދެ ޗެޕްޓަރެއް މިހާތަނަށް ބެލުންތެރިންނަށް ފެނިފައި ވާއިރު ތިން ވަނަ ޗެޕްޓަރު މި މަހުގެ 12 ގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ގާތްގަނޑަކަށް 30 މިނެޓާއި 45 މިނެޓުގެ އެޕިސޯޑުތަކެއް ހިމެނޭ މި ކުރު ފިލްމުތަކުގައި ޖުމުލަ ފެނިގެންދާނީ ހަތަރު ޗެޕްޓަރެކެވެ.

ނޭވާ ހިފަހައްޓާލައިގެން ތިބެ ކޮންމެ ބައެއް ވެސް ބަލާ ނިމޭއިރު އެއް ބަޔާއި އަނެއް ބައި ގުޅުވައިދެމުން ދަނީ ހައިރާންވާހާ ވެސް ފުރިހަމަ އަށެވެ. ވަޒީފާގެ މާހައުލުގައި ހިނގައިދިޔަ ރޭޕްގެ މައްސަލައެއް ނިކަން ފުރިހަމަ އަށް ފުރަތަމަ ޗެޕްޓަރުގައި ނިއުޅުވައިދިން އިރު, ދެ ވަނަ ޗެޕްޓަރު "ޒައްރޫކު" ހާއްސަކުރެވިފައި ވަނީ  މައިންބަފައިންގެ ފަރާތުން އަޅައިލުން ލިބެންވާ ވަރަށް ނުލިބުނު ކުޑަ ކުއްޖަކަށް ދިމާވާ ނަފްސާނީ މައްސަލަތަކެއްގެ މައްޗަށެވެ. މިހާރު ޓްރެއިލާ ރިލީޒްކުރެވިފައިވާ ތިންވަނަ ޗެޕްޓަރުން ފެނިގެން ދަނީ ގޭތެރޭގައި ހިނގާ އިޖުތިމާއީ މައްސަލަ އެކެވެ. 

މި ޗެޕްޓަރުގެ މުހިންމު ރޯލުތަކުން ފިލްމީ ދާއިރާއަށް އަލަށް ތައާރަފުވާ ތާތި އާދަމް އާއި ޗައިލްޑް އާޓިސްޓް ޒުވެއިލް އަލީ ތޯރިގު އިތުރުން ހުނަރުވެރި އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫގު ފެނިގެންދާނެ އެވެ.

ދަރަކަ ޓީޒާ ޓްރެއިލާ ---


ދަރަކަ: އާ ޑައިރެކްޓަރަކާއި އެކު އުންމީދީ މަސައްކަތެއް

ކަޒްމިކްގެ އާ ވެބް ސީރީޒް "ދަރަކަ" އަކީވެސް މިހާތަނަށް އިއުލާނު ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން އުންމީދީ މަސައްކަތެކެވެ. ކްރައިމް ތްރިލާއެއް ކަމަށްވާ މި ސީރީޒްގެ ޓްރެއިލާ ވަނީ ނޮވެންބަރު 1 ގައި ރިލީޒްކުރެވިފަ އެވެ. މީގެ ކުރިން ހިތްގައިމު ލަވަތަކަކުން އޭނާގެ ޑައިރެކްޝަންގެ ހުނަރު ދައްކުވައިދީފައިވާ އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓްކުރާ މި ސީރީޒުގައި ހިމެނޭނީ ޖުމްލަ އަށް އެޕިސޯޑެވެ. 

ސެޕްޓެމްބަރުގައި މަސައްކަތް ފެށި މި ސީރީޒްގެ ޝޫޓިންތައް ނިމި މިހާރު ކުރިއަށް ދަނީ ޕޯސްޓު ޕްރޮޑަކްޝަންގެ މަސައްކަތްތެވެ. މި ސީރީޒްގެ މާ ގިނަ ތަފްސީލުތަކެއް އަދި މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ.