Advertisement

މަސް ދޯންޏެއް ކޮންޓްރޯލްނުވެ ކޫއްޑޫ ތޮށްޓަށް އަރައިފި

8 ނޮވެންބަރު 2021 - 12:30 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް


މަސް ދޯންޏެއް ކޮންޓްރޯލްނުވެ ކޫއްޑޫ ތޮށްޓަށް އަރައިފި

8 ނޮވެންބަރު 2021 - 12:30 0

ގއ. ވިލިގިލި "ކަރަވައްތާ" މަސްދޯނި އެ އަތޮޅު ކޫއްޑޫ ފަޅުތެރެއިން ކޮންޓްރޯލްނުވެ ގޮސް ބަނދަރުގެ އެއްގަމު ތޮށްޓަށް އަރައިފި އެވެ.

އެ ދޯނީގެ ކެޔޮޅު، މުހައްމަދު ރަމީޒު "އަދަދު" އަށް ބުނީ ފަސް ޓަނު މަސް ބާނައިގެން، އެ މަސްތައް ކިރުމަށް ކޫއްޑޫ ފަޅަށް ވަނުމާ އެކު ދޯނީގެ ގިޔަރު ފެއިލްވި ކަމަށެވެ. އަދި ގިޔަރު ނުކެނޑުމުން ދޯނީގެ ސްޕީޑް ކޮންޓްރޯލް ނުވެ، ގޮސް އެރަށު ބަނދަރަށް އުރި، ދޯންޏަށް ގެއްލުންތަކެއްވީ ކަމަށެވެ. އެގޮތުން ދޯނީގެ ކުރީގެ ބަނޑުފިލާ ވަނީ ފަޅައިގެން ގޮސްފަ އެވެ. ނަސީބަކުން އެއްވެސް މީހަކަށް ހާނިއްކައެއް ނުވެ އެވެ.

"ދޯނީގެ ބަނޑުފިލާގަނޑުން ހަތަރު ފޫޓު، އެއްފޫޓު ފަޅައިގެން ގޮސްފައި ހުރީ. މަރާމާތަށް ތިން ދުވަސް ވަރު ނަނގާނެ. އެއީ ގާތްގަނޑަކަށް 50 ހާސް ރުފިޔާ. ދުވާލެއްގެ މައްޗަށް ފަސްޓަނު ހަޓަނު މަސް ބާނާ ދުވަސްވަރެއްގައި ވަރަށް ބޮޑު ގެއްލުމެއް މިއީ،" ކެޔޮޅު ބުންޏެވެ.

ފަންސަވީސް މީހުންނާ އެކު މަހަށްދާ މި ދޯނީގެ ދިގު މިނުގައި 107 ފޫޓު ހުންނައިރު، ފުޅާމިނުގައި 32 ފޫޓު ހުރެ އެވެ.