Advertisement

ހިޔާ ފްލެޓްތަކަށް އުރީދޫ ސުޕަނެޓް ގުޅައިދިނުން އަދި ރައުޓާ ހިލޭ!

6 ނޮވެންބަރު 2021 - 10:22 0

ް

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

އުރީދޫ ސުޕަނެޓް ހިޔާ ފްލެޓްތަކަށް ދޭން ފަށައިފާ ވާއިރު، ރައުޓާ ގުޅައިދިނުމާ ލޭންޑްލައިން ފޯނު މުނިން ހިލޭ ކަމަށް އެކުންފުނިން ބުނޭ. -- ފޮޓޯ:އުރީދޫ


ހިޔާ ފްލެޓްތަކަށް އުރީދޫ ސުޕަނެޓް ގުޅައިދިނުން އަދި ރައުޓާ ހިލޭ!

6 ނޮވެންބަރު 2021 - 10:22 0

ް

ހިޔާ ފްލެޓްތަކަށް އުރީދޫ ސުޕަނެޓްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި އެވެ.

އުރީދޫ ސުޕަނެޓް ހިޔާ ފްލެޓްތަކަށް ދޭން ފަށައިފާވާއިރު، އެހިދުމަތް ހިޔާރުކުރާ ކަސްޓަމަރުންނަށް ހާއްސަކޮށް އެ ކުންފުނިން ވަނީ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ.

އެ ޕްރޮމޯޝަންގެ ދަށުން ރައުޓާ އަދި ލޭންޑް ލައިން ފޯނު ހިލޭ ލިބޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ. އަދި އިންސްޓޯލްމަންޓް ޗާޖުތައް ވެސް ނުނަގާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

އުރީދޫ ސުޕަނެޓްގެ ހިދުމަތް ހިޔާ ފްލެޓްތަކަށް ވަނީ ދޭން ފަށައިފަ


ހިޔާ ފްލެޓްތަކަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޯޕަން ނެޓްވޯކް އެކްސެސް ގެ ތެރެއިން އުރީދޫ ސުޕަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އެކުންފުންޏާއެކު އުރީދޫ އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގެ ދަށުން އުރީދޫގެ ސެލިއުލާ ނުވަތަ ޑާޓާ ހިދުމަތް އަދި މޮބައިލް ކަނެކްޝަންގެ ހިދުމަތް ރަނގަޅު ކުރެވިގެންވެސް ދާނެ އެވެ.

އުރީދޫ ސުޕަނެޓް ޕެކޭޖުތަކުން ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތާއާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް މިހާރު ލިބެ އެވެ. ސުޕަނެޓް ގެ ޕްލޭންތަކަކީ މިހާރު މާކެޓްގައި އެންމެ ބޮޑު ޑޭޓާ އެލަވަންސް ލިބޭ ޕްލޭންތަކެވެ.

ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާ އެއްވެގެންދާނެ އެވެ.

އަންލިމިޓެޑް ޑޭޓާ ރޯލްއޯވާ އާއި ސުޕަނެޓް ވޮއިސް - ލޭންޑްލައިންގެ ހިދުމަތް ވެސް ސުޕަނެޓް ކަސްޓަމަރުންނަށް މިހާރު ލިބޭނެ އެވެ.

ރާއްޖޭގެ އާބާދީގެ 75 އިންސައްތަ އަށް މިހާރު ސުޕަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އިރު، މި ހިދުމަތް އިތުރަށް ފުޅާކޮށް މުޅި ރާއްޖެ ކަވަރު ކުރުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.