Advertisement

އެމްއައިބީގެ ސީއީއޯ ސަސްޕެންޑްކޮށްފި

31 އޮކްޓޯބަރު 2021 - 09:32 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލް މުހައިމިން: އޭނާ ސަސްޕެންޑް ކުރުމާއި ގުޅިގެން އެ މަގާމުގެ މަސްއޫލިއްޔަތު މިހާރު އަދާކުރައްވާނީ ސީއޯއޯ އަހުމަދު ރިޒާ ކަމަށް އެމްއައިބީން ބުނޭ--


އެމްއައިބީގެ ސީއީއޯ ސަސްޕެންޑްކޮށްފި

31 އޮކްޓޯބަރު 2021 - 09:32 0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލް މުހައިމިން ސަސްޕެންޑްކޮށްފައިވާ ކަމަށް އެ ބެންކުން ބުނެފި އެވެ.

ބަންގްލަދޭޝް އަށް އުފަން އަބްދުލް އެހްތެޝާމް އެމްއައިބީ އިން ސަސްޕެންޑް ކުރި ކަމަށް އަޑުފެތުރު ނަމަވެސް ބޭންކުން އެކަން ކުރިން ދޮގުކުރި އެވެ.

އެމްއައިބީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އަބްދުލް އެހްތެޝާމް ވަގުތީ ގޮތުން މަސްއޫލިއްޔަތުތަކުން ދުރުކުރަން ބޯޑުން ނިންމީ މި މަހުގެ 26 ގައި ކަމަށެވެ. އޭނާ ސަސްޕެންޑް ކޮށްފައި ވަނީ މިހާރު ކުރިއަށްދާ ތަހުގީގެއްގެ ސަބަބުން ކަމަށާއި ސަސްޕެންޑް ކުރިކަން އަންގާފައި ވަނީ އިއްޔެ ކަމަށް އެ ބޭންކުން ބުނެ އެވެ.

ސީއީއޯ ސަސްޕެންޑް ކުރުމާއި ގުޅިގެން އެ މަގާމުގެ މަސްއޫލިއްޔަތު މިހާރު އަދާކުރައްވާނީ ސީއޯއޯ އަހުމަދު ރިޒާ ކަމަށެވެ. ސަސްޕެންޑު ކުރިކަން ޔަގީން ކޮށްދީފައިވާ ނަމަވެސް އޭނާ ސަސްޕެންޑު ކުރި ސަބަބު އެ ބޭންކުން ހާމަ ކޮށްފައެއް ނުވެ އެވެ.

އެމްއައިބީގެ ސީއީއޯ އާއި އެމްޑީގެ މަގާމަން އަބްދުލް އެހްތެޝާމް އައްޔަނު ކުރީ 2019ވަނަ އަހަރު އެވެ.