Advertisement

އުރީދޫ އެމްފައިސާއިން ބިލް ދެއްކުމުން 10 ޕަސެންޓް ކޭޝްބެކް

29 އޮކްޓޯބަރު 2021 - 14:24 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

އުރީދޫ އިން ދަނީ އެމްފައިސާ ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށް ކޭޝްބެކް ޕްރޮމޯޝަނެއް ކުރިއަށް ގެންދަމުން.


އުރީދޫ އެމްފައިސާއިން ބިލް ދެއްކުމުން 10 ޕަސެންޓް ކޭޝްބެކް

29 އޮކްޓޯބަރު 2021 - 14:24 0

އުރީދޫ އެމްފައިސާ ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ކޭޝްބެކް ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސް އިން ކުރިއަށް އެބަ ގެންދެ އެވެ.

އެމްފައިސާ މެދުވެރިކޮށް ކޭއެފްސީ، ގްލޯރިއާ ޖީންސް، ޗިކިން މޯލްޑިވްސް އަދި ޕިއްޒާ ހަޓްގެ ބިލަށް ފައިސާ ދެއްކުމުން 10 ޕަސެންޓް ކޭޝްބެކް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ ނިޔަލަށެވެ.

މިހާރު އެމްފައިސާ ނުގެންގުޅޭ ފަރާތްތަކަށް ވެސް ވަރަށް ފަސޭހައިން އުރީދޫ އެޕް މެދުވެރިކޮށް އެމްފައިސާ އަށް ސައިން އަޕް ކުރެވޭނެ އެވެ.

އެމްފައިސާގެ ކަސްޓަމަރުންނަށް މިހާރު ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އެމްފައިސާ ޑިޖިޓަލް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.

އުރީދޫ އެމްފައިސާ ކަސްޓަމަރުންނަށް ކެފޭ ރެސްޓޯރަންޓް ތަކުގެ ބިލްގެ އިތުރުން، ފެން ބިލް، ކަރަންޓު ބިލް އަދި އުރީދޫގެ ބިލް ވެސް ދެއްކޭނެ އެވެ. އޭގެ އިތުރުން ތަފާތު އެންޖީއޯތަކަށް ފައިސާވެސް މި އެޕް މެދުވެރިކޮށް ހަދިޔާ ކުރެވޭނެ އެވެ.