Advertisement

ގުރައިދޫ ޕިކްނިކް އައިލެންޑް ތަރައްގީކުރާނީ ހުރިހާ ވަސީލަތަކާއެކު

24 އޮކްޓޯބަރު 2021 - 10:17 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ކ. ގުރައިދޫ ޕިކްނިކް އައިލެންޑް؛ ރަށުގެ ބިން ހިއްކާ ނިންމައި ރިވެޓްމެންޓް އަދި ގްރޮއިންގެ މަސައްކަތްވެސް އެމްޓީސީސީ އިން މިހާރު ވަނީ ނިންމާލާފައި. -- ފޮޓޯ:އެމްޓީސީސީ


ގުރައިދޫ ޕިކްނިކް އައިލެންޑް ތަރައްގީކުރާނީ ހުރިހާ ވަސީލަތަކާއެކު

24 އޮކްޓޯބަރު 2021 - 10:17 0

ކ. ގުރައިދޫ ޕިކްނިކް އައިލެންޑް ތަރައްގީވެގެން އަންނަ އިރު ދަތުރުގޮސް މަޖާކުރަން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެރަށުގައި ހުންނާނެ ކަމަށް ގުރައިދޫ ކައުންސިލުން ބުނެފި އެވެ.

ގުރައިދޫ ޕިކްނިކް އައިލެންޑް ހިއްކައި ހޭޅިފަށް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ. 13.4 މިލިއަން ރުފިޔާގެ މި މަޝްރޫއު އެކުންފުނިން ކުރިއަށް ގެންގޮސްފައި ވަނީ ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫއާ އެކު އެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް، ހުސައިން ޔާމީން މުހައްމަދު "އަދަދު" އަށް ވިދާޅުވީ ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލުކުރެވުމުން އެރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"ރަށް ތަރައްގީކޮށް ނިމޭ އިރު، ބާބަކިއު ހަޓް ފަދަ ޕިކްނިކް އައިލެންޑެއް ގައި ހުންނަން ޖެހޭ ފަދަ ހުރިހާ ވަސީލަތްތަކެއް ހުންނާނެ،" ޔާމީން ވިދާޅުވި އެވެ.

ގުރައިދޫ ޕިކްނިކް އައިލެންޑް ހިއްކާފައި ވަނީ އެރަށު ފަޅުތެރޭގައި. -- ފޮޓޯ:އެމްޓީސީސީ


ޕިކްނިކް އައިލެންޑަށް ދަތުރުދެވޭނީ ކައުންސިލްގެ ހުއްދަ ނަގައިގެން ކަމަށްވެސް ޔާމިން ވިދާޅުވި އެވެ. އަދި ރަށް ބެލެހެއްޓުމަށް ރަށު ކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށްވެސް ޔާމިން ވިދާޅުވި އެވެ.

ގުރައިދޫ ޕިކްނިކް އައިލެންޑް ހިއްކާފައި ވަނީ އެރަށުގެ ފަޅުތެރޭގަ އެވެ. ޕިކްނިކް އައިލެންޑްގެ ބޮޑު މިނަކީ 1.7 ހެކްޓަރެވެ. އެމްޓީސީސީ އިން ވަނީ އެރަށުގެ 278 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓެއް ޖަހައި، 160 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖަހާފަ އެވެ.

އެމްޓީސީސީ އިން ގުރައިދޫ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލާފައި ވަނީ ސެޕްޓެމްބަރު 11 ވަަނަ ދުވަހު އެވެ.