Advertisement

ވާލްޑް ޓްރެވަލް އެވޯޑުގައި އިންޑިއަން އޯޝަން ކެޓެގަރީން ރާއްޖެއަށް ރަން ވަނަތަކެއް

22 އޮކްޓޯބަރު 2021 - 11:21 0

އަމަން ހަލީމް

އަމަން ހަލީމް

ވޮލްޑޯފް އެސްޓޯރިއާ އިތާފުށި: އިންޑިއަން އޯޝަން ލީޑިން ލަގްޒަރީ ރިސޯޓު އެވޯޑު ލިބުނީ އިތާފުއްޓަށް. -- ފޮޓޯ: ވޯލްޑޯފް އެސްޓޯރިއާ


ވާލްޑް ޓްރެވަލް އެވޯޑުގައި އިންޑިއަން އޯޝަން ކެޓެގަރީން ރާއްޖެއަށް ރަން ވަނަތަކެއް

22 އޮކްޓޯބަރު 2021 - 11:21 0

ދަތުރުފަތުރާއި ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ މަތީފަންތީގެ އެވޯޑު ކަމުގައި ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަން ކެޓެގަރީގެ ލީޑިން ޑެސްޓިނޭޝަން އެވޯޑާއި އިތުރު ބައިވަރު އެވޯޑުތަކެއް ރާއްޖޭން ކާމިޔާބުކޮށްފި އެވެ.

މިއީ 17 އަހަރުގެ ތެރޭގައި ރާއްޖެއިން އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން އެވޯޑު ކާމިޔާބު ކުރި 13 ވަނަ ފަހަރު އަދި ވިދިވިދިގެން މި އެވޯޑު ދިފާއުކުރި ދެވަނަ އަހަރެވެ.

ރާއްޖެއަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި ލީޑިން ޑެސްޓިނޭޝަން އެވޯޑުގެ އިތުރުން ލީޑިން ޑައިވް ޑެސްޓިނޭޝަން އާއި ލީޑިން ބީޗް ޑެސްޓިނޭ އެވޯޑު ހިމެނެ އެވެ. އަދި އެމްއެމްޕީއާރްސީން ވަނީ އިންޑިއަން އޯޝަން ލީޑިން ޓޫރިސްޓު ބޯޑުގެ އެވޯޑު ކާމިޔާބުކޮށްފަ އެވެ.

ރާއްޖެއަށް ލިބުނު އެވޯޑުތަކުގެ އިތުރުން، ވަކިވަކި ރިސޯޓު އަދި ހޮޓެލް ކެޓަގަރީން ގިނަ އެވޯޑުތަކެއް ލިބުނެވެ. އެގޮތުން ލީޑިން ލަގްޒަރީ ރިސޯޓާއި ލީޑިން ބީޗް ރިސޯޓް ހިމެނޭގޮތަށް 17 އެވޯޑެއް ކާމިޔާބުކުރި އެވެ. އަދި ޓްރެވަލް ކެޓެގަރީގެ ލީޑިން ސީޕްލޭން އޮޕަރޭޓާ އަދި ލަގްޒަރީ ޓުއާ އޮޕަރޭޓާ ހިމެނޭ ގޮތަށް އިތުރު ތިން އެވޯޑު ކާމިޔާބުކުރި އެވެ.

28 ވަނަ ވާލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަން ކެޓެގަރީން ރިސޯޓު، ހޮޓެލް އަދި ޓްރެވަލް ކެޓެގަރީން ލިބުނު އެވޯޑުތައް

  • ލީޑިން އެއާޕޯޓް ހޮޓެލް - ހުޅުލެ އައިލެންޑް ހޮޓެލް
  • ލީޑިން ބުޓީކް ހޮޓެލް - ނަލަދޫ ޕްރައިވެޓް އައިލެންޑް
  • ލީޑިން ޑައިވް ރިސޯޓު - ކޮންސްޓެންސް މޫފުށި
  • ލީޑިން ފެމިލީ ރިސޯޓު - ކުރުނބާ މޯލްޑިވްސް
  • ލީޑިން ގްރީން ރިސޯޓު - ރީތި ފަރު ރިސޯޓު
  • ލީޑިން ހަނީމޫން ރިސޯޓު - ޖޭއޭ މަނަފަރު މޯލްޑިވްސް
  • ލީޑިން ހޮޓެލް - ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓު
  • ލީޑިން ހޮޓެލް ރެޒިޑެންސީސް - ގިލި ލަންކަންފުށި
  • ލީޑިން ލެޝާ ހޮޓެލް - އަނަންތަރާ ވެލި މޯލްޑިވްސް
  • ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓު - ވޮލްޑޯފް އެސްޓޯރިއާ އިތާފުށި
  • ލީޑިން ލަގްޒަރީ ޓުއާ އޮޕަރޭޓާ - ގެޓް އިންޓު މޯލްޑިވްސް
  • ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓު - ވެލާ ޕްރައިވެޓް އައިލެންޑް
  • ލީޑިން ރިސޯޓު - ވައްކަރު މޯލްޑިވްސް
  • ލީޑިން ސީޕްލޭން އޮޕަރޭޓަރު - ޓްރާންސް މޯލްޑިވިއަން އެއާވޭސް
  • ލީޑިން ޓްރެވަލް އެޖެންސީ - ސިމްޕްލީ މޯލްޑިވްސް ހޮލިޑޭޒް
  • ލީޑިން ވިލާ ރިސޯޓު - ހުރަވަޅި އައިލެންޑް ރިސޯޓު
  • ލީޑިން ވޯޓާ ވިލާ ރިސޯޓު - ފޯ ސީޒަންސް ރިސޯޓު މޯލްޑިވްސް އެޓް ކުޑަ ހުރާ
  • މޯސްޓް ރޮމޭންޓިކް ރިސޯޓް - ބަރޮސް މޯލްޑިވްސް
  • ލީޑިން ހޮޓެލް ސުއީޓް - ދަ ވައްކަރު އޯވާ ވޯޓާ ރެޒިޑެންސް (ވައްކަރު މޯލްޑިވްސް)
  • ލީޑިން ލަގްޒަރީ ވޯޓާ ވިލާ - ގްރޭންޑް ވޯޓާ ވިލާ (ވަން އެން އޮންލީ ރީތި ރަށް)
  • ލީޑިން ލަގްޒަރީ ހޮޓެލް ވިލާ - ޖޯން ޖޭކޮބް އެސްޓާ އެސްޓޭޓް (ދަ ސެއިންޓް ރީޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓު)

ވޯލްޑް ޓްރެވަލް އެވޯޑުގައި ލިބުނު ކާމިޔާބީތަކާ ގުޅިގެން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް އަހުމަދު ވިދާޅުވީ އިންޑިއާ ކަނޑުގެ ލީޑިން ޑެސްޓިނޭޝަން އެވޯޑު ލިބުމުން ފަހުރުވެރިވާ ކަމަށެވެ. އަދި މިއީ ޓޫރިޒަމުގައި އުޅޭ އެންމެންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަން ފާހަގަކުރަމުން އޭނާ ވަނީ ހުރިހާ ސްޓޭކްހޯލްޑަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން އެމްއެމްޕީއާރްސީއަށް ލިބުނު އެވޯޑަކީ ވޭތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާ ކުރި ބުރަ މަސައްކަތާއި ދެއްކި ހިތްވަރުގެ ނަތީޖާ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

ވާލްޑް ޓްރެވަލް އެވޯޑުގައި ރާއްޖެއިން ވަނީ މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ވާލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑު ވެސް ކާމިޔާބުކޮށްފަ އެވެ. މިފަހަރު ވެސް ސަރަހައްދީ އެވޯޑު ލިބިފައިވާތީ މި އެވޯޑަށް ރާއްޖެ ކުރިމަތިލާނެ އެވެ.