Advertisement

ގެސްޓުހައުސް ވިޔަފާރި ކުރިއެރުވުމަކީ ސަރުކާރުގެ މައި އަމާޒެއް ކަމަށް ރައީސް ވިދާޅުވެއްޖެ

20 އޮކްޓޯބަރު 2021 - 11:55 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ރައީސް ތޮއްޑޫގެ ގެސްޓްހައުސްތަކުގެ ވެރިންނާއި ދަނޑުވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ: ބައްދަލުވުމުގައި ދަނޑުވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސް އޮޅުންފިލުއްވި-- ފޮޓޯ: ރައީސް އޮފީސް


ގެސްޓުހައުސް ވިޔަފާރި ކުރިއެރުވުމަކީ ސަރުކާރުގެ މައި އަމާޒެއް ކަމަށް ރައީސް ވިދާޅުވެއްޖެ

20 އޮކްޓޯބަރު 2021 - 11:55 0

މި ސަރުކަރުގެ އެންމެ މައި އެއް އަމާޒަކީ ފަތުރުވެރިކަމުގެ އާމްދަނީ ރައްޔިތުންނަށް ލިބޭނޭ މަގު ފަހިކޮށްދިނުމަށް ގެސްޓްހައުސް ވިޔަފާރި ތަރައްގީކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، މިވަގުތު އެމަނިކުފާނު އއ. އަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ތޮއްޑޫއަށް ވަޑައިގެން އެ ރަށުގެ މައި ދެ ސިނާއަތްކަމުގައިވާ ގެސްޓްހައުސް ވިޔަފާރިއާ ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތޮއްޑޫގައި ދަނޑުވެރިންނާއި ގެސްޓުހައުސް ވިޔަފާރިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ އާމްދަނީ އެންމެ ފުޅާދާއިރާއެއްގައި ރައްޔިތުންނަށް ލިބޭނޭ އެއް ގޮތަކީ ގެސްޓްހައުސް ވިޔަފާރިކަމަށެވެ. އެހެންވެ، ގެސްޓްހައުސް ވިޔަފާރި ތަރައްގީކުރުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން، ތޮއްޑޫގެ ދަނޑުވެރިންނަށް މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތައް އޮޅުންފިލުވައި އެރަށުގައި ދަނޑުވެރިކަން އިތުރަށް ކުރިއަރުވަން ހުރި ރޭވުންތަކާ ގުޅޭގޮތުން ވެސް ރައީސް ވަނީ މިއަދުގެ ބައްދަލުވުމުގައި އެ ފަރާތްކާއެކު މަޝްވަރާ ކުރައްވާފަ އެވެ.

އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ ތޮއްޑޫގެ ކައުންސިލާއި އަންހެނުން ކުރިއަރުވަން މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ވެސް ބައްދަލުކުރައްވައި އެކި މަޝްވަރާތައް ކުރައްވައިފަ އެވެ.

ރައީސް ވަނީ ތޮއްޑޫއަށް ވަޑައިގެން އާބާދީ ބޮޑު އެ ރަށުގައި ކުރިޔަށްދާ ރަށުގެ ބަނދަރުގެ ރީކޮންސްޓްރަކްޝަން މަސައްކަތް ބައްލަވައިލައްވައިފަ އެވެ.

ރައީސް ސޯލިހު ތޮއްޑުއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތޮއްޑޫގެ ބަނދަރު ހެދުމުގެ މަޝްރޫއު ބައްލަވާލައްވަނީ. ފޮޓޯ: ރައީސް އޮފީސް.


އެ މަޝްރޫއުގެ އިތުރުން އެ ރަށުގެ ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫ އާއި ރަށުގެ އާ އިންޖީނުގޭގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

މިހާރު އެ ރަށުގައި ނިމިފައިހުރި ސަރުކާރުގެ ބައެއް މަސައްކަތްތަކަށް ބަލާލާއިރު، އައުޓްޑޯ ޖިމްގެ މަސައްކަތް އަދި ތޮއްޑޫ ސްކޫލުގައި 12 ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

ދެ ދުވަހަށް އއ. އަތޮޅަށް ރައީސް ސޯލިހު ކުރައްވާ މި ދަތުރުފުޅުގައި ތޮއްޑޫގެ އިތުރުން ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ އަދި ހިމަންދުއަށް ވެސް ވަޑައިގަންނަވާނެ އެވެ.