Advertisement

މަސްބާނަން ހުއްޓާ ވަޔާއެކު މޫދަށް ވެއްޓި މީހަކު މަރުވެއްޖެ

18 އޮކްޓޯބަރު 2021 - 09:41 1

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

މާލޭގެ ބޭރު ތޮށި. ފުލުހުން ބުނިގޮތުގައި ތޮށިމަތީގައި މަސްބާނަން ހުރި މީހަކު ވަޔާއެއްކޮށް މޫދަށް ވެއްޓުމުގެ ސަބަބުން ވަނީ މިއަދު މަރުވެފަ. ފޮޓޯ: މޭކްމައިޓްރިޕް


މަސްބާނަން ހުއްޓާ ވަޔާއެކު މޫދަށް ވެއްޓި މީހަކު މަރުވެއްޖެ

18 އޮކްޓޯބަރު 2021 - 09:41 1

މާލޭގެ ބޭރު ތޮށި މަތީ މަސްބާނަން ހުރި އުމުރުން 59 އަހަރުގެ ދިވެއްސަކު މޫދަށް ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އިއްޒުއްދީން ފާލަމުގެ ބޭރު ތޮށިމަތީގައި މަސްބާނަން ހުރި އެމީހާ މޫދަށް ވެއްޓުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ގަދަވަޔާއެކު އެވެ. އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު 7:00 ޖަހާކަންހާއިރު އެވެ.

އެމީހާ މަރުވީ ބޮޑަށް ބެލެވޭ ގޮތުގައި ވެއްޓުނު ވަގުތު ގަލެއްގައި ބޯ ޖެހުމުގެ ސަބަބުން ލިބުނު އަނިޔާގެ ސަބަބުންނެވެ. އެ މައްސަލަ އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ފުލުހުން ބުނީ އެ ސަރަހައްދަށް ފުލުހުން އެޓެންޑްވެ، އެމީހާ އައިޖީއެމްއެޗަށް ގެންދިޔަފަހުން، 7:20 ކަންހާއިރު އައިޖީއެމްއެޗުން އެމީހާ މަރުވެފައިވާކަން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށެެވެ.