Advertisement

އައްޑޫގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ފާރަކަށް އަރައި ދުއްވަން އިން ޒުވާނާ މަރުވެއްޖެ

18 އޮކްޓޯބަރު 2021 - 09:20 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އައްޑޫ ސިޓީގެ ހިތަދޫގެ މަގެއްމަތި. އައްޑޫގައި ރޭ ހިނގި އެކްސިޑެންޓެއްގައި 24 އަހަރުގެ ޒުވާނަކު ވަނީ މަރުވެފަ.-- ފޮޓޯ: ޓައިމްސް އޮފް އައްޑޫ


އައްޑޫގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ފާރަކަށް އަރައި ދުއްވަން އިން ޒުވާނާ މަރުވެއްޖެ

18 އޮކްޓޯބަރު 2021 - 09:20 0

އައްޑޫ ސިޓީގައި ރޭ ހިނގި އެކްސިޑެންޓެއްގައި އުމުރުން 24 އަހަރުގެ ޒުވާނަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި ހިތަދޫގައި ބާރު ސްޕީޑުގެ ދުއްވާފައި ދިޔަ ސައިކަލެއް ފާރެއްގައި ޖެހި އެކްސިޑެންޓްވެފައިވާކަމުގެ ރިޕޯޓެއް ލިބުނީ ރޭ 12:30 ހާއިރު އެވެ.

އެ އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން އުމުރުން 24 އަހަރުގެ ފިރިހެނަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުނެ އެވެ.

އެ އެކްސިޑެންޓުގައި އިތުރު މީހަކު ހިމެނޭކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އަދި އެ އެކްސިޑެންޓާ ގުޅިގެން އެ ހޮސްޕިޓަލަށް ފަރުވާއަށް ގެނައީ އެ ޒުވާނާ އެކަނިކަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ.

އައްޑޫ ސިޓީގެ ރަށްތައް ގުޅުވައިދޭ ލިންކް ރޯޑުގައި ވަރަށް ގިނައިން އެކްސިޑެންޓް ހިނގަ އެވެ. އެފަދަ ބައެއް އެކްސިޑެންޓްތަކުގައި މީގެ ކުރިން މީހުންގެ ފުރާނަ ގެއްލިފަ ވެސް އެބަ ހުއްޓެވެ. އެގޮތުން އެންމެ ފަހުން މި އަހަރުގެ މާޗު މަހު އައްޑޫ ސިޓީ ލިންކް ރޯޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އަންހެނެއް ވެސް ވަނީ މަރުވެފަ އެވެ.