Advertisement

އިރާނުގެ ނިޔުކްލިއާ މަޝްވަރާ އަންނަ ބުރާސްފަތު ދުވަހު އަލުން ފަށަނީ

18 އޮކްޓޯބަރު 2021 - 07:22 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުގެ ނިޔުކްލިއާ ފެސިލިޓީއެއް.


އިރާނުގެ ނިޔުކްލިއާ މަޝްވަރާ އަންނަ ބުރާސްފަތު ދުވަހު އަލުން ފަށަނީ

18 އޮކްޓޯބަރު 2021 - 07:22 0

ތެހްރާން، އިރާން (އޮކްޓޯބަރު 17) - މިދިޔަ ޖޫން މަހު މެދުކަނޑާލި އިރާނުގެ ނިޔުކްލިއާ މަޝްރޫއާ ގުޅޭ މަޝްވަރާތައް އޮކްޓޯބަރު 21 ވާ ބުރާސްފަތު ދުވަހު އަލުން ފަށާނެ ކަމަށް ބުނެފި އެވެ.

އިރާނުގެ ޕާލިމެންޓު މެމްބަރު އަހްމަދު އަލީ ރެޒާބެއިގުއި ފާރްސް ނިއުސް އެޖެންސީ އަށް ވިދާޅުވީ ފޮރިން މިނިސްޓަރު ހުސެން އާމިރް އަބްދުއްލާހިއާން އެކަން ކަށަވަރު ކޮށްދެއްވި ކަމަށެވެ.

އަލީ ރެޒާބެއިގުއި އާއި އަބްދުއް ލާހިއާން އާ ދެމެދު ބޭއްވި ބައްދަލުވުމަކަށް ފަހު އަލީ ރެޒާބެއިގުއި ވިދާޅުވީ ދުނިޔޭގެ ބާރުގަދަ ގައުމުތަކާއެކު ބުރާސްފަތި ދުވަހު މަޝްވަރާ ފަށާނީ ބްރަސެލްގައި ކަމަށެވެ.

އިރާނާއެކު ނިޔުކްލިއާ މަޝްވަރާ ކުރާ ގައުމުތަކަކީ އދ. ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ ހަތަރު ގައުމު ކަމުގައިވާ އިނގިރޭސިވިލާތް، ޗައިނާ، ފްރާންސް އަދި ރަޝިއާ އެވެ. އޭގެ އިތުރުން ޖަރުމަނު ވެސް މަޝްވަރާގައި ބައިވެރިވެ އެވެ.

އިރާނާއި އެ ފަސް ގައުމު އެކުގައި މަޝްވަރާތައް އަލުން ފެށީ މިދިޔަ އޭޕްރިލް މަހު ވިއެނާގަ އެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) ވެސް ބައިވެރިވާ އިރު، އެމެރިކާ އިން ބައިވެރިވަނީ ނުސީދާ ކޮށެވެ.

އިރާނުގެ ނިޔުކްލިއާ މަޝްރޫއާ ގުޅޭ ބައެއް ހަރަކާތްތައް މަޑު ޖައްސާލުމުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއިދޭން އެއްބަސްވީ 2015 ވަނަ އަހަރު އެވެ.

ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2018 ގައި އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލެއްވުމާއެކު އިރާނުން ވެސް ނިޔުކްލިއާ މަސައްކަތް އަލުން ފެށި އެވެ.

ނަމަވެސް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ބޭނުންވެވަޑައިގަންނަވަނީ އެއްބަސްވުން އަލުން ތަންފީޒު ކުރުމަށެވެ. އެކަމަކު އެކަމާ ގުޅޭ މަޝްވަރާތައް ހުއްޓުނީ އިރާނުގެ ރައީސް ކަމަށް އިބްރާހިމީ ރައިސީ އިންތިހާބުވެވަޑައިގެންނެވި ހިސާބުންނެވެ.