Advertisement

ސަފާރީއެއް ސަލާމަތްކުރަން އުޅެނިކޮށް ސާޖިންގެ ފައި ބިނދިއްޖެ

17 އޮކްޓޯބަރު 2021 - 12:52 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ސަފާރީއެއް ސަލާމަތްކުރަން އުޅެނިކޮށް ސާޖިންގެ ފައި ބިނދިއްޖެ

17 އޮކްޓޯބަރު 2021 - 12:52 0

ރޭ ކުރި ވިއްސާރައިގައި ފަރުކޮޅުފުއްޓާ ދިމާލު ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއް އުރެން ދަނިކޮށް، އުޅަނދު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި "ޒުވާން މަސްވެރިޔާ" ހަސަން ސާޖިންގެ ފައި ތިލަ ބިންދައިގެން ގޮސްފި އެވެ.

ސާޖިން އުޅުނީ ގަދަ ވަޔާ އެކު ނަގިލި ކަހާލައިގެން ގޮސް ތޮއްޓާ ކައިރިއަށް ގެންގޮސް ރާޅުތަކުގެ ތެރެއަށް ދޫވެފައި އޮތް ސަފާރީ ވާޖަހައިގެން ސަލާމަތްކުރާށެވެ. އެ ވަގުތު ސާޖިންގެ ފައި ތިލަ ބިންދައިގެން ދިޔައީ އުޅަނދު ގާތްގަނޑަކަށް ފަޅުތެރެއާ ދިމާލު ބޭރަށް ނެރެވިފައި އޮއްވާ ފަހު ފަހަރަށް ވަލަށް ދަމަނިކޮށް، ވާ ކަނޑައިގެން ގޮސް އެ އައި ބާރުމިނުގައި އައިސް ކަނާތު ފައިތިލައިގެ ދެތަނެއްގައި ޖެހިގެންނެވެ. ފައި ތިލައިގައި ވާގަނޑު ޖެހުނު ދެތަން ވެސް ހުރީ ވަރަށް ބޮޑަށް ކަނޑައިގެން ވެސް ގޮސްފަ އެވެ.

"އަދަދަ"ށް މައުލުމާތު ދެމުން ސާޖިންގެ ބޭބެ، އަހުމަދު ޝާފިއު ބުނީ، ސާޖިންގެ ފައިތިލައަށް ވަރަށް ބޮޑަށް ހާނިއްކަ ވެފައިވާތީ މިއަދު ސާޖަރީއެއް ކުރާނެ ކަމަށެވެ.

ސާޖިން އެޑްމިޓްކޮށްފައި.


"މި ތިބީ ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބެންދެން. މިހާރު ސީޓީ ސްކޭން އެއް ވެސް ހަދައިފިން. މިއަދު އެކަމަކު ނަތީޖާ ލިބިގެން ސާޖަރީ ކުރެވޭނެ،" ޓްރީ ޓޮޕް ހޮސްޕިޓަލުގައި އޮތް ސާޖިންގެ ހާލު ރަނގަޅު ކަމަށް ވެސް ޝާފިއު ބުންޏެވެ.

ސަފާރީ ސަލާމަތް ކުރަން މަހަށް ދާ ދޯނީގައި ހުރެފައި ސާޖިން ހުޅުމާލެއަށް ދިޔައީ ރޭ ދިހައެއް ވެސް ޖެހިފަހުން އެ ސަފާރީ ތޮށިގަނޑަށް ލައްވެދާނެ ކަމުގެ ބިރު ހީވެގެންނެވެ. ސަޕާރީ ސަލާމަތް ކޮށްފައިވަނީ އެންސިސް ގެ ވެރިންނަށް ގުޅައިގެން ހުއްދަ ހޯދައިގެން، ސަފާރި އެ ދޯނީގައި ކަފުޖަހައިގެންނެވެ.

ސާޖިން އަކީ ޒުވާނުންނާ ބީރައްޓެހި މަސައްކަތެއްގެ ގޮތުގައި އޮތް މަސްވެރިކަން ސޯޝަލް މީޑިއާގައި ޕްރޮމޯޓްކުރާ ޒުވާނެކެވެ. އޭނާ ސޯޝަލް މީޑިއާ އަށް ދޫކުރާ ފޮޓޯ އާއި ވީޑިއޯތަކަށް އެތައް ބަޔެއްގެ ޝައުގުވެރިކަން ވަނީ ދަމައިގެންފަ އެވެ. އޭނާ އަކީ އުރީދޫގެ ބްރޭންޑް އެމްބެސެޑަރެއް ވެސް މެ އެވެ.