Advertisement

ގަމު މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

17 އޮކްޓޯބަރު 2021 - 11:50 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ޖޭއެސްސީއިން ބެލި ގަން އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލަ ސާބިތު ނުވި.


ގަމު މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

17 އޮކްޓޯބަރު 2021 - 11:50 0

ގަމު މެޖިސްޓްރޭޓް އަބްދުލްފައްތާހް އަބްދުލްގަފޫރާ ދެކޮޅަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލަ، ސާބިތުނުވާ ކަމަށް އެ ކޮމިޝަންގެ މެމްބަރުންގެ އަގުލަބިއްޔަތުން ކަނޑައަޅާފައިވާ ކަމަށެވެ.

މިއީ ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލައެއްގައި، ކަނޑައެޅިގެން ގާނޫނާ ހިލާފަށް މެޖިސްޓްރޭޓް އަމަލުކުރި ކަމަށް ބުނެ ޖޭއެސްސީއިން ތަހުގީގު ކުރި މައްސަލައެކެވެ.