Advertisement

ހާލާންޑްގެ ލަނޑުތަކާ އެކު، ޑޯޓްމަންޑް އެއް ވަނަ އަށް

17 އޮކްޓޯބަރު 2021 - 11:16 0


ހާލާންޑްގެ ލަނޑުތަކާ އެކު، ޑޯޓްމަންޑް އެއް ވަނަ އަށް

17 އޮކްޓޯބަރު 2021 - 11:16 0

މިއުނިކް (އޮކްޓޫބަރު 17) - ނޯވޭގެ ފޯވަޑް އާލިން ބްރައުޓް ހާލަންޑްގެ ދެ ލަނޑާ އެކު، ޖަރުމަން ލީގުގައި ރޭ މައިންޒް އަތުން 3-1 އިން މޮޅުވެ، ބޮރޫޝިއާ ޑޯޓްމަންޑް ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މެޗުގެ ތިން ވަނަ މިނިޓުގައި ޑޯޓްމަންޑަށް ލީޑު ހޯދައިދިނީ ތަޖުރިބާކާރު މިޑްފީލްޑަރު މާކޯ ރޮއިސް އެވެ.

އަނިޔާގެ ސަބަބުން، ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ކުޅުމާ ދުރުގައި ހުރި ހާލަންޑް، މެޗުގައި އޭނާގެ ފުރަތަމަ ލަނޑު ޖެހީ 54 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މެޗުގެ ފަހުކޮޅު މައިންޒްގެ ޖޮނަތަން ބުރްކާޑްޓް ލަނޑެއް ޖަހައިފައި ވަނިކޮށް، މެޗުގެ އިތުރު ވަގުތުގައި ހާލަންޑް ވަނީ ޑޯޓްމަންޑަށް ތިން ވަނަ ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.

ހާލަންޑް ،21، ވަނީ މިިހާތަނަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖަރުމަން ލީގުގައި 49 މެޗުން 49 ލަނޑު ޖަހައިފަ އެވެ. އަދި ހުރިހާ މުބާރާތެއްގައި ކުޅުނު 68 މެޗުން އޭނާ ވަނީ 70 ލަނޑު ޖަހައިފަ އެވެ.

މެޗަށް ފަހު ޑޯޓްމަންޑްގެ ކެޕްޓަން ރޮއިސް ބުނީ ހާލަންޑަކީ އެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

"ހާލަންޑް ކުޅޭއިރު، އަބަދު ވެސް އޭނާ އަށް އިދިކޮޅު ޓީމުގެ ދެ ތިން ކުޅުންތެރިން ސަމާލުވާންޖެހޭ. އަނިޔާގެ ސަބަބުން ނުކުޅެ ހުރެ ކުޅުނު ފުރަތަމަ މެޗުގައި ވެސް އޭނާ ދެ ލަނޑު ޖަހައިފި. އެ ދައްކާލީ އޭނާގެ ފެންވަރު،" ރޮއިސް ބުންޏެވެ.

އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ، ޑޯޓްމަންޑް ތާވަލްގެ އެއްވަނަ އަށް ޖެހިލީ 18 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 16 ޕޮއިންޓާއެކު އޮތީ ބަޔާން މިއުނިކެވެ. އެންމެ ފަހުގެ ޗެމްޕިއަން ބަޔާން ލީގުގައި މިރޭ ކުޅޭ މެޗުގައި ނުކުންނާނީ ބަޔާ ލޭވަލޫސަންއާ ދެކޮޅަށެވެ. -- ބީބީސީ