Advertisement

ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ޓީޗަރު ސަސްޕެންޑްކޮށްފި

17 އޮކްޓޯބަރު 2021 - 10:17 1

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް


ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ޓީޗަރު ސަސްޕެންޑްކޮށްފި

17 އޮކްޓޯބަރު 2021 - 10:17 1

މާލޭގެ ޕްރީސްކޫލެއްގައި ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތުކުރެވޭ ޓީޗަރު ސަސްޕެންޑްކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މައްސަލައިގެ މައުލޫމާތު ލިބުމާއެކު ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުންދާ ކަމަށާ އެ މައްސަލަ ތަހުގީގީ އިދާރާތަކަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލަ ރައްދުވާ މުވައްޒަފު ސަސްޕެންޑުކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މިނިސްޓްރީގެ އޮފިޝަލަކު ވަނީ، ޖިންސީ ގޯނާކުރި މުވައްޒަފަކީ ޓީޗަރެއްކަން ކަށަވަރުކޮށްދީފަ އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް އިއްޔެ ވިދާޅުވީ މާލޭ ސުކޫލެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށެވެ. އެކަމަކު މިއީ ކުޑަކުދިންނާ ގުޅޭ މައްސަލައަކަށްވާތީ މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ކައިރިން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ އަށް ޖިންސީ ގޯނާކުރީ މިދިޔަ ހަފުތާގެ ދުވަހެއްގައި، އެ ކުއްޖާ ފާހަނާ އަށް ދިޔަ ވަގުތު އެވެ. އެ ކުއްޖާ އަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި، ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާކަން އާއިލާ އިން ބުނެ އެވެ.