Advertisement

އަންހެން ކުދިންގެ ތައުލީމާ ގުޅޭ ތާލިބާނުންގެ ފްރޭމްވޯކް ވަރަށް އަވަހަށް އިއުލާނު ކުރާނެ: އދ.

17 އޮކްޓޯބަރު 2021 - 09:41 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަފްގާނިސްތާނުގެ އަންހެން ކުއްޖަކު ސްކޫލަށް ދަނީ.


އަންހެން ކުދިންގެ ތައުލީމާ ގުޅޭ ތާލިބާނުންގެ ފްރޭމްވޯކް ވަރަށް އަވަހަށް އިއުލާނު ކުރާނެ: އދ.

17 އޮކްޓޯބަރު 2021 - 09:41 0

އދ.، އެމެރިކާ (އޮކްޓޯބަރު 16) - އަފްގާނިސްތާނުގައި އަންހެން ކުދިން ސްކޫލަށް ގޮސް ތައުލީމް ކުރިއަށް ގެންދެވޭނެ ގޮތް ކަނޑައަޅައި ތާލިބާނުން ތައްޔާރު ކުރި ފްރޭމްވޯކް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އދ. އިން ބުނެފި އެވެ.

މިދިޔަ އޯގަސްޓު މަހު ތާލިބާނުން ވެރިކަމަށް އައުމާއެކު އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދުނީ އަންހެން ކުދިންގެ ތައުލީމާއި އަންހެނުން ވަޒީފާ އަށް ނުކުތުން މަނާކުރާނެ ކަމަށް ބެލެވުމުންނެވެ. ނަމަވެސް ތާލިބާނުން ބުނީ އަންހެނުންގެ ހައްގުތައް ދޭނެ ކަމަށެވެ.

ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު އަފްގާނިސްތާނުގެ ސްކޫލުތައް ހުޅުވީ ހަމައެކަނި ފިރިހެން ކުދިންނަށެވެ. އަދި އަންހެނުން ވަޒީފާ އަށް ނުނިކުމެ ގޭގައި ތިބެން ވަނީ އަންގާފަ އެވެ. ފާޑުކިޔުން އަމާޒުވުމުން ތާލިބާނުން ބުނީ އެންމެ އެކަށޭނަ މާހައުލު ގާއިމް ކުރުމަށް ފަހު އަންހެން ކުދިންނަށް ސްކޫލަށް ދެވޭނެ ކަމަށާއި އަންހެނުންނަށް ވަޒީފާ އަށް ވެސް ދެވޭނެ ކަމަށެވެ.

ޔުނިސެފްގެ ޑެޕިއުޓީ އެގްޒެކްޓިވް ޑިރެކްޓަރު އުމަރް އަބްދީ ވިދާޅުވީ އަންހެން ކުދިންގެ ތައުލީމް ސްކޫލުގައި ކުރިއަށް ގެންދެވޭނެ ގޮތުގެ ފްރޭމްވޯކް ވަރަށް އަވަހަށް ނެރޭނެ ކަމަށް ތާލިބާން ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ބުނެފައިވާ ކަމަށެވެ.

މީގެ ކުރިން 1996 އިން 2001 އަށް ތާލިބާނުން ވެރިކަން ކުރިއިރު އަންހެން ކުދިން ކިޔެވުން މަނާކުރި އެވެ. އަދި އަންހެނުން ވަޒީފާ އަދާ ކުރުން ވެސް މަނާކުރި އެވެ. އެއާއެކު އަންހެނުންނާ ގުޅިފައިވާ ގިނަ ހައްގުތަކެއް ނިގުޅައިގަތެވެ.