Advertisement

ހޯމައާ ހަމައަށް ވައި ބާރުވާނެ، މިރޭ އުދަ އެރުން އެކަށީގެންވޭ

16 އޮކްޓޯބަރު 2021 - 21:22 0

އަންނަ ހޯމަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައި


ހޯމައާ ހަމައަށް ވައި ބާރުވާނެ، މިރޭ އުދަ އެރުން އެކަށީގެންވޭ

16 އޮކްޓޯބަރު 2021 - 21:22 0

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ މުޅި ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށާއި އުދަ އެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

އިއްޔެއިން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު, އަންނަ ހޯމަ ދުވަހާ ހަމަައަށް ވެސް ވައި ބާރުވެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.

އެހެންވެ, މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.

އެ އޮފީހުގެ އޮފިޝަލަކު މިރޭ މި ނޫހަށް ވިދާޅުވި ގޮތުގައި, ވައިބާރު ސަރަހައްދުތަކުގެ ރަށްތަކަށް މިރޭ އުދަ އެރުން އެކަށީގެންވެ އެވެ. އެހެންވެ އެކަމަށް ސަމާލުވެ ތިބުމަށް އިލްތިމާސް ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިރެ އާއި މާދަމާ ވެސް އުތުރާއި މެދު ރާއްޖެ ތެރެއަށް ވިއްސާރަ ކުރާނެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ.

މެޓް އޮފީހުން ލަފާ ކޮށްފައިވާ ގޮތުގައި މުޅި ރާއްޖެއަށް ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ އެވެ.

އެމްއެންޑީއެފްއިން ވެސް ވަނީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވާން އަންގާފަ އެވެ.

މިރޭ މާލޭން ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ރާޅެއްގައި ޖެހި އޭގެ ތެރެއިން ކަނޑަށް ވެއްޓުނު އަންހެނަކު މަރުވެ, ކުޑަ ކުއްޖަކު ވަނީ ގެއްލިފަ އެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.