Advertisement

އިހުމާލުން މީހަކު މަރުވި ހާދިސާއެއްގައި އަދަބެއްގެ ގޮތުން ރޯދަ ހިފަން އަންގައިފި

16 އޮކްޓޯބަރު 2021 - 17:44 2

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ލޯންޗެއް ދުއްވާފައިވާދާ މަންޒަރެއްގެ ފޮޓޯއެއް: ކޯޓުން ކަނޑައެޅީ ތައުޒީރީ އަދަބެއް -- ފޮޓޯ: އަދަދު ފައިލް


އިހުމާލުން މީހަކު މަރުވި ހާދިސާއެއްގައި އަދަބެއްގެ ގޮތުން ރޯދަ ހިފަން އަންގައިފި

16 އޮކްޓޯބަރު 2021 - 17:44 2

ވަން އެންޑް އޮންލީ ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި ލޯންޗެއް، ތެޔޮ ބާޒެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ކަނޑަށް ވެއްޓިގެން މަރުވި، ހދ. ކުޅުދުއްފުށި / ޒޭވަރު، ދާއޫދު މުހައްމަދުގެ މައްސަލާގައި އެ ލޯންޗު ދުއްވި ކެޕްޓަނަށް ތައުޒީރީ އަދަބެއްގެ ގޮތުން ދެ މަސް ދުވަސްވަންދެން ރޯދަ ހިފަން އަންގައިފި އެވެ.

މި ހާދިސާ ހިނގީ އެ ލޯންޗު ކައްޕި، މުހައްމަދު އަރީފްގެ އިހުމާލުންކަން ކްރިމިނަލް ކޯޓުގައި ހިނގި ޝަރީއަތުން އޭނާގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ވަނީ ސާބިތުވެފަ އެވެ. ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ކުށުގެ އަދަބެއްގެ ގޮތުން އިއްވެވީ ތައުޒީރީ އަދަބެކެވެ.

އެއީ ދާއޫދުގެ ހުރިހާ ވާރިސުން ވެސް ކައްޕިއަށް މާފުކޮށް, އޭނާގެ ފަރާތުން ދިޔަ ވެސް ބޭނުން ނުވާ ކަމަށް ބުނެފައިވާތީ ކަމަށް ހުކުމްގައިވެ އެވެ.

ދާއޫދު މަރުވެފައިވަނީ އަރީފްގެ އިހުމާލު ކަމުން ކަމަށްވާތީ, އިސްލާމީ ޝަރީއަތުން މިއީ ދާއޫދުގެ ވާރިސުންނަށް ދިޔަ ހައްގުވާ ހާލަތެކެވެ. ނަމަވެސް, އެ ހައްގު އޭނާގެ އަންހެނުންނާއި މައިންބަފައިން ވަނީ ދޫކޮށްލާފަ އެވެ. ދާއޫދުގެ 18 އަހަރު ނުވާ ދަރިން ތިބިިއިރު, އެ ކުދިންގެ ބަސް ކޯޓަށް ހޯދާފައެއް ނުވެ އެވެ.

އެހެންވެ ގާޒީ އޭނާއަށް ކަނޑައެޅީ ކައްފާރާ އަދާކުރުމުގެ އަދަބެވެ.

"މި ކުށުގެ އުގޫބާތެއްގެ ގޮތުން، ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހަނދުމަހުގެ ދެ މަސް ދުވަހުގެ ރޯދަ ހިފުމަށް މާލެ/ ވ. މޫންރައިޒް، މުހައްމަދު އަރީފްއަށް އަންގައި، މިގޮތުގެ މަތީން ހުކުމްކޮށް، މި ގަޒިއްޔާ ނިންމީމެވެ." އަރީފަށް ކުރި ހުކުމުގައިވެ އެވެ.

ދައުލަތުން ވަނީ އަރީފާ ދެކޮޅަށް އަށް ހެއްކެއް ހުށަހަޅައިފަ އެވެ. އެއީ ލޯންޗުގައި ތިބި މީހުންނާއި ބާޖުގައި ތިބި މީހުންގެ އިތުރުން ފުލުހުންނެވެ. ދިފާއުގައި އަރީފް އެއްވެސް ހެއްކެއް ހުށަހަޅައިފައެއްނުވެ އެވެ.

ޝަރީއަތުގެ އަޑުއެހުންތަކުގައި ދެ ފަރާރުން ދެއްކި ވާހަކަތަކަށް ރިޔާއަތްކޮށް ގާޒީ ވިދާޅުވެފައިވަނީ މި އެކްސިޑެންޓް ހިނގި ސަބަބެއްގެ ގޮތުގައި ބެލެވެނީ ވަރުބަލިކަމުގައި އަރީފް ލޯންޗް ދުއްވަމުން ދިއުން ކަމަށެވެ.

އަރީފް އާ ދެކޮޅަށް ހެކިބަސް ދިން މީހުން ވަނީ އެކްސިޑެންޓު ހިނގިއިރު އަރީފް ހުރީ ވަރަށް ވަރުބަލިވެފައި ކަމަށާއި އެކަމުގެ ސަބަބުން ލޯންޗު ދުއްވަން އިން އިރު އޭނާ ނިދި ޖެހިފައި އިން ކަމަށް ބުނެފަ އެވެ. މައްސަލައިގެ ތަހުގީގުގައި ހާދިސާ ހިނގިއިރު އަރީފް ނިދި އައިސްފައި ހުރި ކަމަށް ބުނި ކަން ފުލުހުން ވެސް ފާހަގަކޮށްފައިވާއިރު، އެކަމުގައި ދެބަސްވުމެއް ނެތް ކަމަށް ގާޒީގެ ނިންމެވުމުގައިވެ އެވެ.

ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނުގައި އަރީފް ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ ރެސްޓު ނުދީ އެ ރިސޯޓްގެ މެނޭޖްމެންޓްއިން އޭނާ ލައްވާ މަސައްކަތްކުރުވުމުން ކަމަށެވެ. އެހެންނަމަވެސް އެ ދަތުރު ނުކުރެވޭނެ ކަމަށް އަރީފް ބުނެފައި ނުވާކަން ފުލުހުން އެ ރިޕޯޓުގެ މެނޭޖްމެންޓާ ހަވާލާދީ ބުނެ އެވެ.