Advertisement

އުރީދޫ ސާފް ޗެމްޕިއަންޝިޕުން ފެނުނު ފުޓްބޯޅައިގެ ރޫހާއި ދިވެހިންގެ އެއްބައިވަންތަކަން

16 އޮކްޓޯބަރު 2021 - 17:39 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

އުރީދޫ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ދިވެހި ގައުމީ ފުޓުބޯޅަށް ޓީމަށް ސަޕޯޓުދިނުމުގައި. -- ފޮޓޯ:ހުސައިން ވަހީދު / އަދަދު


އުރީދޫ ސާފް ޗެމްޕިއަންޝިޕުން ފެނުނު ފުޓްބޯޅައިގެ ރޫހާއި ދިވެހިންގެ އެއްބައިވަންތަކަން

16 އޮކްޓޯބަރު 2021 - 17:39 0

ރާއްޖޭގައި ކްލަބް ފުޓްބޯޅައިގެ ފޯރި ދަށްވެފައިވާތީ ގައުމީ ޓީމުގެ މުބާރާތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިދާނެ ކަމަށް އެއް ބަޔަކު ސުވާލު އުފެއްދި އެވެ. ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ހޯސްޓްކުރަން ނިންމުމުން އެ ވާހަކަތައް ދެކެވުނެވެ. އެކަމަކު އެ ވާހަކަތަކަށް ބީރު ކަންފަތެއްދީ އެތައް ބަޔަކު އެފްއޭއެމްއާ އަތާ އަތް ގުޅާލައި މުބާރާތުގެ ފޯރި ގަދަކުރަން ތައްޔާރުވި އެވެ. އޭގެ ތެރެއިން އެއް ބަޔަކީ މުބާރާތުގެ ޓައިޓްލް ސްޕޮންސާ، އުރީދޫ މޯލްޑިވްސް އެވެ.

ނަތީޖާ ވަރަށް ފޮންޏެވެ. ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ނުގޮސް ރާއްޖެ ކެޓި ނަމަވެސް، މި މުބާރާތާ އެކު ގައުމީ ފުޓްބޯޅަ ޓީމަށް ދިވެހިންގެ ހިތްތަކުގައި އޮތް ލޯބި ހާމަވެއްޖެ އެވެ. ޖުމްލަކޮށް ފުޓްބޯޅަ އަށް ދިވެހިންގެ މެދުގައި އޮތް ތާއީދާއި ފޯރި އާލާވެއްޖެ އެވެ.

ބޮޑު ސްކްރީނުން މެޗު ބެލުމަށް ކާނިވަލަށް މީހުން އެއްވެފައި.


މެއިން ސްޕޮންސަރެއްގެ ހައިސިއްޔަތުން ކުރަން ޖެހުނު ކަންތައްތަކުގެ އިތުރުން ވެސް ފުޓްބޯޅައިގެ ފޯރި މުޅި ގައުމުގައި ގަދަކުރުމަށް ގިނަ ހަރަކާތްތަކެއް މި ދެ ހަފުތާގެ ތެރޭގައި އުރީދޫ އިން ކުރިއަށް ގެންދިޔަ އެވެ.

އުރީދޫ އަކީ ފެށުނީއްސުރެ ފުޓުބޯޅައަށް ލޯބިކުރާ، މި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. އެހެންކަމުން އެ ކުންފުނިން ސްޕޮންސާކުރި މުބާރާތަކާ އެކު ރާއްޖޭގައި ފުޓްބޯޅާއިގެ ރޫހު އާލާވެ ދިވެހިންގެ އެއްބައިވަންތަކަން ފެނިގެންދިއުން ދިއުމަކީީ ލިބުނު އުފަލެއް ކަމަށް ބުނެ އެވެ.

އުރީދޫ އިން ވަނީ ސޯޝަލް މީޑިއާގައި ތަފާތު ހަރަކާތްތައް ހިންގައި އޭގެ ތެރެއިން ނަސީބުވެރިން ހޮވައި މެޗު ޓިކެޓް ދީފަ އެވެ. މެޗު ޓިކެޓުގެ އިތުރުން ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަން ވެސް ކުރިއަށް ގެންދިޔަ އެވެ.

މީގެ އިތުރުން އުރީދޫ އެޕް މެދުވެރިކޮށް ވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެވެ. އުރީދޫ މޫލީ މެދުވެރިކޮށް ވިޔަފާރިކޮށްގެންނާއި މޫލީ ލައްވާ ގޯލެއް ޖަހައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތައް ވެސް ފާހަގަކުރެވެ އެވެ.

އުރީދޫ އިން ވަނީ ދަނޑަށް ވަން ސަޕޯޓަރުންނަށް ބޮލުގައި އަޅާނެ ބޭންޑާއި އަތުގައި އަޅާނެ ބޭންޑް ފަދަ މުބާރާތާ ގުޅުންހުރި މާޗެންޑާސް ބަހައިފަ އެވެ. މީގެ އިތުރުން ދަނޑަށް ވަންނަން ޓިކެޓް ނުލިބުނު މީހުންނަށް، މެޗު ބެލޭނެ އިންތިޒާމު ހަމަޖެއްސި އެވެ. އެގޮތުން ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ސޯޝަލް ސެންޓަރުގައި ބޮޑުސްކްރީން ބަހައްޓައި ފޯރިގަދަ އިވެންޓްތަކެއް ބޭއްވި އެވެ. އަދި މުބާރާތުގެ ފޯރި ގަދަކުރުމަށް ހަބޭސް ބޮޑުބެރު ގުރޫޕާއެކު ސައިކަލުބުރެއް ވެސް އުރީދޫ އިން ބޭއްވި އެވެ.

ސާފް ޗެމްޕިއަންޝިޕް ނިމުނު ނަމަވެސް އުރީދޫ އިން ފުޓްބޯޅަ އަށް ދޭ ސަމާލުކަން ކުޑައެއް ނުވާނެ އެވެ. އެގޮތުން ރާއްޖޭގެ ފުޓްބޯޅައަށް އުރީދޫގެ އެހީތެރިކަން އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ. އުރީދޫ އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް، މާޒިޔާގެ ސްޕޮންސަރެވެ. މީގެ އިތުރުން އުރީދޫގެ މައި ކުންފުންޏަކީ ފްރާންސްގެ ގަދަބާރު ޕީއެސްޖީގެ ސްޕޮންސަރެވެ. އަދި އެފަދަ ދެވަނައެއް ނެތް ލިއޮނަލް މެސީ އަކީ އުރީދޫގެ ބްރޭންޑް އެމްބެސެޑަރެކެވެ.

ބޮޑު ސްކްރީނުން މެޗު ބެލުމަށް ކާނިވަލަށް މީހުން އެއްވެފައި.


އުރީދޫ އިން ގަބޫލުކުރާ ގޮތުގައި ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުމަކީ ހުރިހާ ދިވެހިންނަށް ވެސް ލިބުނު ވަރަށް ބޮޑު ފަހުރެކެވެ. މި ފުރުސަތާ އެކު ރާއްޖޭގެ ހުރިހާ ފުޓްބޯޅަ ކުޅުންތެރިންނަށް މި ކުޅިވަރުގައި ކުރިއަށްދާން ހިތްވަރު ލިބޭނެ ކަމަށް އެ ކުންފުނިން ގަބޫލުކުރެ އެވެ. އުރީދޫ އިން ވަނީ މި މުބާރާތުގައި ގައުމީ ޓީމުން ދެއްކި ހިތްވަރުގަދަ ކުޅުމަށް ސާބަސް ކިޔާފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ގައުމީ ޓީމުން އިތުރު ހިތްވަރާ އެކު ނުކުމެ ކާމިޔާބު ހޯދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އުރީދޫ އިން ބުނެ އެވެ.