Advertisement

އަނެއްކާވެސް ޑްރަގް އޮޕަރޭޝަނެއް، 215 ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހުން ހައްޔަރުކޮށްފި

15 އޮކްޓޯބަރު 2021 - 23:18 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގެ ތެރެއިން އަތުލައިގެން 215 ކިލޯގެ ހެރޮއިންގެ ތެރެއިން ބައެއް ޕެކެޓު. -- ފޮޓޯ: ފުލުހުން


އަނެއްކާވެސް ޑްރަގް އޮޕަރޭޝަނެއް، 215 ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހުން ހައްޔަރުކޮށްފި

15 އޮކްޓޯބަރު 2021 - 23:18 0

ފުލުހުން ހިންގި ކާމިޔާބު އޮޕަރޭޝަނަކަށްފަހު 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި މެރިން ޕޮލިސް އަދި ފޮރިންސިކްސްގެ އިތުރުން ރ. އަތޮޅު ޕޮލިސް ޑިޕާޓްމެންޓުން ގުޅިގެން ދަނީ މަސްތުވާތަކެތި އަތުލައިގަތުމުގެ ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.

މި އޮޕްރޭޝަންތަކުގައި ދިވެހި ސިފައިންގެ އިތުރުން އިންޑިއާ ސަރުކާރުންވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ބުދަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަންގެ ދަށުން މިފަހަރު އަތުލައިގެންފައި ވަނީ 215 ކިލޯގެ ހެރޮއިން އެވެ.

އަދި މި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި އެވެ.

215 ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހުން ހައްތަރުކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު ޓުވީޓް ކުރެއްވި.


އެ އޮޕަރޭޝަންގެ ތެރެއިން އިއްޔެ ވެސް 100 ކިލޯގެ މަސްތުވާތަކެއްޗާއެކު 10 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

އެކަމަކު މި 10 މީހުންގެ ތެރެއިން ދެ މީހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ. ބާކީ ތިބި އަށް މީހުންގެ ތެރެއިން ހަތަރު މީހަކަށް 15 ދުވަސް ކޯޓުން ދީފައިވާއިރު، ތިން މީހަކު 10 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރެއިން އެކެއްގެ ބަންދަށް ދިނީ ފަސް ދުވަހެވެ.